ޚަބަރު

ޗައިނާގެ އައުއަހަރު ކުލަގަދަކޮށް މާފުށީގައި ފާހަގަކޮށްފި


ޗައިނާއާއި ރާއްޖޭގެ ޘަޤާފީ ހަރަކާތްތަކާއިއެކު ޗައިނާގެ އައުއަހަރު މާފުށީގައި ފާހަގަކޮށްފިއެވެ.މިކަމަށްޓަކާ ރޭ މާފުށީ ގޮނޑުދޮށުގައި ބޭއްވި ޑިނަރނައިޓުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގ ފޫކާންގ ބައިވެރިވެވަޑައިގެންނެވިއެވެ.މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމް.އެމް.ޕީ.އާރް.ސީ އާއި ޓުއަރިޒަމް މިނިސްޓްރީގެއިތުރުން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި މި ހަރަކާތަކީ ވިޒިޓްމޯލްޑިވްސް އިޔަރ ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ހިންގި ހަރަކާތެއް ކަމަށް އެމް.އެމް.ޕީ.އާރު.ސީން މަޢުލޫމާތުދެއެވެ.މާފުށިގައި ޗުއްޓީހޭދަކޮށްލަން އައިސްތިބި ގިނައަދަދެއްގެ ފަތުރުވެރިން މި ޑިނާނައިޓުގައި ވަނީ ބައިވެރިވެފައެވެ. އަދި ބައިވެރިންގެ މެދުގައި ނެގުނު ގުރުއަތަކުން ތިންފަރާތަކަށް އަގުހުރި އިނާމުތަކެއްވެސް ރޭވަނީ ހަވާލުކޮށްފައެވެ."ޗައިނީޒް ނިއުއިޔަރ" އަކީ އެގައުމުގައި އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް މުނާސަބާއެވެ. އަދި އެދުވަސްވަރާ ދިމާކޮށް ޗައިނާގެ ގިނައަދަދެއްގެ ފަތުރުވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޗުއްޓީހޭދަކުރުމަށް ދަތުރުކުރެއެވެ.