ދުނިޔެ

ޔަމަނުގެ ދާޚިލީ ހަނގުރާމައަށް ސުލްހަ ގެނައުމުގެ ފުރުސަތު އެބައޮތް


ޔަމަންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓާލުމަށްޓަކައި ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރްސަތު އެބައޮތްކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވެއްޖެއެވެ.ކެރީ ވިދާޅުވީ ޔަމަންގެ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ގެންނަން ޖެހިފައިވާކަމަށާ ކުރިޔަށްއޮތް މަދު ހަފްތާތަކެއްގެ ތެރޭގައި ޔަމަންގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ސުލްހައިގެ ވާހަކަތައް ފެށުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. ޖޯންކެރީ މިމޭރުމުން ވާހަކަ ދެއްކެވީ ވޮޝިންޓަންގައި ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު އާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.ކެރީ ވިދާޅުވީ ޔަމަނުގެ މައްސަލައާ އަދި ސޫރިޔާގެ މައްސަލައާބެހޭގޮތުން ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު އާ ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވިކަމަށެވެ.