ދުނިޔެ

ގްރީސްގެ ބޮޑުވަޒީރު އީރާނުގެ އިސްފަހާނަށް ވަޑައިގެންފި


ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް އީރާނުގެ ސިޓީއެއް ކަމަށްވާ އިސްފަހާންއަށް ވަޑައިގެންފިއެވެ. މިއީ، އީރާނާއެކު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށްޓަކައި ސިޕްރާސް އެގައުމަށް ކުރައްވާ ދެދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ސިޕްރާސްގެ އަރިހުގައި ގްރީސްގެ ބައެއް ވިޔަފާރިވެރިންނާއި ބޮޑެތި ކުންފުނިތަކުގެ އިސްވެރިން ހިމެނޭ އިގްތިސާދީ ވަފްދެއްވެސް އީރާނަށް ގެންދެވިކަމަށް އެގައުމުގެ މީޑިޔާއިން ބުނެއެވެ. ސިޕްރާސްގެ މިދަތުރުފުޅުގައި އީރާނުގެ ރައީސް ހަސަން ރޫހާނީއާއި އީރާނުގެ ބައެއް އިސް މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ދެގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގްތިސާދީ މުއާމަލާތްތައް ފުޅާކުރުމުގެ އެއްބަސްވުންތަކެއްގައި އެދެގައުމުގެ މަސްއޫލުވެރިން ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޚަބަރުލިބެއެވެ.