ދުނިޔެ

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ސަތޭކައަށްވުރެ މައްޗަށް


ޓައިވާންގެ ތައިނާންއަށް އައި ވަރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ސަތޭކަ އަށްވުރެ ގިނަވެދާނޭ ކަމަށް ތައިނާން ސިޓީގެ މޭޔަރ ވިދާޅުވެއްޖެއެވެ.މިބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ގާތްގަނޑަކަށް ތިރީހަށް އަރާފައިވާއިރު، ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައާއި، ވީނުވީ ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު 100 އަށްވުރެ ގިނަކަމަށް އޮފިޝަލުން މަޢުލޫމަތުދެއެވެ. މިބިންހެލުން އައިތާ 48 ގަޑިއިރު ފަހުން މިއަދު ވަނީ ބިންހެލުމުގައި ވެއްޓުނު ޢިމާރާތެއްގެ ދަށުން ދެ މީހުން ސަލާމަތްކޮށްފައެވެ.ރެކްޓަރ މިންގަނޑުން 6.4ގައި ރިކޯޑް ކުރެވުނު މި ބިންހެލުމާ ގުޅިގެން 4 ޢިމާރާތް ވެއްޓިފައިވެއެވެ. ކަމާބެހޭ ފަރާތްތަކުން ޢިމާރާތްތަކުގެ ދަށުވެފައި ތިބި މީހުން ސަލާމަތްކުރުމަށް ދަނީ  މަސައްކަތްތަކެއް ކުރަމުންނެވެ.ޓައިވާނަކީ ގިނަ ބިންހެލުންތައް އަންނަ ސަރަޙައްދެއްގައި އޮންނަ ތަނެކެވެ. 1999ވަނަ އަހަރު ޓައިވާނަށް އައި ބިންހެލުމެއްގައި 2300 މީހުން މަރުވިއެވެ.