ކުޅިވަރު

ލެވާ ކަޕަށްފަހު ފެޑެރާ ޓެނިސް ކުޅުން ހުއްޓާލަނީ


މިމަހު ލަންޑަންގައި ބޭއްްވުމަށް ހަމަޖެހިފައިވާ ލެވާ ކަޕް ޓެނިސް މުބާރާތަށްފަހު ޓެނިސް ލެޖެންޑް ސްވިޓްޒަލަންޑުގެ ރޮޖާ ފެޑެރާ ކުޅުން ހުއްޓާލަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

ގްރޭން ސްލޭމް 20 މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރަރ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުންނަތާ މިހާރު ވަރަށް ދުވަސް ވެއްޖެއެވެ.

ފެޑެރަރ އެންމެފަހުން ވާދަވެރި މެޗެއް ކުޅެފައިވަނީ 2021 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގައެވެ. އުމުރުން 41 އަހަރުގެ ފެޑެރަރ ހާމަކުރިގޮތުގައި ފަހަކަށް އައިސް އޭނާގެ ހަށިގަނޑުން އޭނާއަށް ދޭ މެސެޖް ވަރަށް ސާފު ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި ވޭތިވެދިޔަ 24 އަހަރުގެ ތެރޭގައި އޭނާއަށް އެއްހާސް ފައްސަތޭކައަށް ވުރެ ގިނަ މެޗް ކުޅެވިފައިވާކަމަށެވެ. އަދިއޭނާގެ ވާދަވެރި ކެރިއަރ ނިމުމަކަށް ގެންނަންވީ ވަގުތު ތާއި މެދު ވިސްނަންޖެހޭ ކަމަށެވެ. އަދި ކުޅުން ހުއްޓާލި ނަމަވެސް އޭނާ ލޯބިވާ މިކުޅިވަރާއި ދުރައްނުދާނެކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ.

މިއީ ދިރުވާލަން ހިތި އެހެން ނަމަވެސް ހިތްހަމަ ޖެހޭ ނިންމުމެން ކަމަށްވެސް ފެޑެރަރ ހާމަކޮށްފައިވެއެވެ. އަދި މިނިންމުން ނިންމަންޖެހުނީތީ ދެރަވި ނަމަވެސް އޭނާ އުފާކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށްވެސް ފެޑެރަރ ހާމަކޮށްފައިވެއެވެ. މިގޮތުން އޭނާއަކީ ދުނިޔެ މަތީގާ އެންމެ ނަސީބު ރަނގަޅު އެކަކުކަމަށް ގަބޫލް ކުރާކަމަށާއި އޭނާއަށް ލިބިފައިވި ޓެނިސް ކުޅުމުގެ އާދަޔާ ހިލާފު ހުނަރުގެ ސަބަބުން ފެޑެރަރ ދުވަހަކުވެސް ދެވޭނެ ކަމަށް ހީނުކުރާ ފެންވަރެއްގައި ކުރިން ދެވޭނެ ކަމަށް ހިނުކުރާ ހިސާބަކަށް ދެވިފައިވާކަމަށެވެ.

ފެޑެރަރގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށް މައްސަލަތައް ދިމާވާތާ މިހާރު ތިން އަހަރު މިވަނީ ވެފައެވެ. މިހާތަނަށްވަނީ ކަކުލުގެ ތިން އޮޕަރޭޝަނެއްވެސް ކޮށްފައެވެ. އަދި މިދިޔަ އަހަރު ކުރުމުއްދަތަކަށް އުނބުރި އައި ނަމަވެސް ވިމްބަލްޑަން ޓެނިސް މުބާރާތުގައި ކަކުލަށް ލިބިފައިވި އަނިޔާ ގޯސްވެ ކުޅުމާއި އަލުން ދުރައް ދާންޖެހުނީއެވެ. ފެޑެރަރ ވަނީ އޭނާގެ ކެރިއަރގައި މިހޯދުނު ކާމިޔާބީއަށް ޓަކައި އޭނާގެ އާއިލާ އާއި ސަޕޯޓް ޓީމްގެ އިތުރުން އޭނާ އާއި އިދިކޮޅަށް މިވީތާންގައި ކުޅެފައިވާ ކުޅުންތެރިންނަށްވެސް ޝުކުރު އަދާކޮށްފައެވެ.