ޖަރުމަން ލީގުގައި އެފްސީ ކޮލޯން ބަލިކޮށް ޔޫނިއަން ބާލިންއިން އެ ޓީމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ކޮލޯންގެ ދަނޑުގައި ކުޅުނު މިމެޗް ޔޫނިއަން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ކޮލޯންއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޔޫނިއަނުންނެވެ.
މެޗްގައި ޔޫނިއަން ކާމިޔާބުކުރި ލަނޑަކީ މެޗްގެ ތިންވަނަ މިނެޓްގައި ކޮލޯންގެ ޓީމޯ ހުބާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ޔޫނިއަންއަށް މެޗްގެ ލީޑު ފުޅާކުރުމަށް 10 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީވަނީ އެޓީމަށް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ. އަދި މެޗް ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ކޯންގެ ލޫކާ ކިލިއަންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުން އެޓީމުން މެޗްގެ ފަހު ބައިކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.
މި ކާމިޔާބީއާއެކު ޔޫނިއަން ބަރލިންއަށް ތާވަލްގެ އެއްވަނަ ލިބުނީ ކުޅުނު ހަމެޗުން ހަތަރު މެޗް ކާމިޔާބުކޮށް ދެމެޗް އެއްވަރުވެ ލިބިފައިވާ 14 ޕޮއިންޓާއެކުއެވެ. ޔޫނިއަން އެއްވަނައަށް އެރުމުގައި އާދީއްތަ ދުވަހުގެ ރޭ ފްރެއިބާގާއި ބޮރޫޝިއާ މޮންޗެންގްލަޑްބެކްގެ މެޗް އެއްވަރުވުންވެސް ހިމެނިގެންދެއެވެ. އެ މެޗުން ފްރެއިބަރގް މޮޅުވިނަމަ ތާވަލްގެ އެއްވަނައަށް އަރާނީ އެޓީމެވެ. މި ނަތީޖާއާއެކު ކޮލޯން އޮތީ 9 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ.