ޚަބަރު

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އިތުރު 3 މީހަކު ހައްޔަރުކޮށްފި


އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްޖިއްސުން ގުޅުން ހިންގި މައްސަލަތަކަކާއި ގުޅިގެން ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހު ހައްޔަރު ކޮށްފައިވާކަމަށެވެ. ހައްޔަރު ކޮށްފައިވަނީ 40 އަހަރުން މަތީގެ 3 މީހުންކަމަށް ފުލުހުން ބުނެފައިވެއެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 44 އަހަރުގެ މީހާއަށް 10 ދުވަސް، 47 އަހަރުގެ މީހާއަށް 10 ދުވަސް އަދި 50 އަހަރުގެ މީހާއަށް 10 ދުވަސް ވަނީ ދީފައެވެ. އެއްޖިއްސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހުވެސް ވަނީ 3 މީހަކު ހައްޔަރުކޮށްފައެވެ.

ބަނގްލަދޭޝް ރައްޔިތަކާއި، އިތުރު ބަޔަކު އެއްޖިންސުން ޖިންސީގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި 4 މީހެއްގެ މައްޗަށް، ވަނީ ދައުވާ އުފުލާފައެވެ. ފުލުހުން މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު މައްސަލާގައި ތުހުތަމު ކުރެވޭ މީހުން ހައްޔަރުކޮށް ތަހުގީގު ދަނީ ކުރަމުންނެވެ.