ޚަބަރު

އައްޑޫ ބަނދަރުތަކުން ލިބޭ އާމްދަނީގެ %50 ބަނދަރުތައް ބެލެހެއްޓުމަށް!


އައްޑޫ ބަނދަރުތަކުން ނަގާ ފީ ގެ ދެބައިކުޅަ އެއްބައި ބަދަރުތައް ބެލެހެއްޓުމަށް އަވަށު އޮފީސްތަކާއި ހަވާލު ކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުގެ ދެވަނަ ދައުރުގެ 62ވަނަ ރަސްމީ ޖަލްސާގައި މިގޮތަށް ނިންމާފައިވަނީ، މަރަދޫ ފޭދޫ ދައިރާގެ މެންބަރު ޙާލިދާ މުހައްމަދު ހުށަހެޅުއްވި ހުށަހެޅުމަށް މަޝްވަރާ ކުރުމަށް ފަހުއެވެ. މި ހުށަހެޅުމަށް ވާހަކަ ދައްކަވަމުން ކައުންސިލަރުން ވަނީ މިއީ ބަނދަރުތަކުން މިހާރު ފީ ނެގުމުގެ މަސައްކަތް ކުރަމުންދާއިރު ބަނދަރުތަކުން ދެވޭ ޙިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް މުހިންމު ނިންމުމެއް ކަމަށް ފާހަގަކޮށްފައެވެ.

ކައުންސިލަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު، އައްޑޫގެ ބަނދަރުތަކުން މިހާރު ނެގެމުންދާ ފީގެ 50 އިންސައްތަ އަވަށު އޮފީސްތަކާއި ހަވާލުކުރުމަށް ވަނީ ނިންމާފައެވެ. މިއީ އެ އަވަށެއްގެ ބަނދަރުން ލިބޭ ފީއިން އެ އަވަށެއްގެ ބަނދަރެއް ބެލެހެއްޓުމަށް ހަވާލުކުރެވޭނެ ފައިސާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މީގެ ތެރެއިން ވަކި ކަންކަމަށް ފީ އިން ޙަރަދު ކުރެވޭ ގޮތަށް މިވަގުތު ހަދާފައި ނުވަނީ ބަނދަރުތަކުން އެކަށީގެންވާ އާމްދަނީއެއް މިވަގުތު ނިލިބޭތީ ކަމަށް،

ޢައްޑޫގެ ބަނދަރުތަކުން ފީ ނެގުމަށް ނިންމައި މިކަމަށް އުސޫލެއް އައްޑޫސިޓީ ކައުންސިލުން ވަނީ ހަދާފައެވެ. އަދި މިއުސޫލަށް މިދިޔަ ޖޫން މަހު އަމަލު ކުރަން ފަށާފައިވާއިރު، ކޮންމެ ބަނދަރެއްގެ ކަންކަން ބެލެހެއްޓުމަށްވެސް ބަނދަރު އިންސްޕެކްޓަރުން ކައުންސިލުން ވަނީ ނަގާފައެވެ.