ދުނިޔެ

ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ފެށޭނެކަމުގެ އުންމީދުގައި


މެދުކަނޑާލާފައިވާ ސޫރިޔާގެ ސުލްހައިގެ ވާހަކަތައް މި މަހުގެ ފަހުކޮޅު ފެށޭނެކަމަށް އުންމީދުކުރާ ކަމަށް އެމެރިކާ ބުނެފިއެވެ.ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ ސޫރިޔާގެ ސުލްހައިގެ ވާހަކަތައް މެދުކަނޑާލީ ވަގުތީގޮތުންކަން އދ. ން ސޫރިޔާއަށް ކަނޑައަޅާފައިވާ މަންދޫބު ވިދާޅުވެފައިވަނީ މިމަސް ނިމުމުގެ ކުރިން މިވާހަކަތައް އަލުން ފެށޭނެކަމަށް ބައްލަވައިގެން ކަމަށެވެ. ޖެނީވާގައި ފެށުނު ސޫރިޔާގެ ސުލްހައިގެ ވާހަކަތައް މެދުކަނޑާލީ ކާމިޔާބު ކަމާއެކު އެވާހަކަތައް ކުރިޔަށް ގެންދިޔުމަށްޓަކައި އދ. ގެ ފަރާތުންނާ އަދި ވާހަކަތަކުގައި ބައިވެރިވާ އެހެން ފަރާތްތަކުންވެސް ގިނަ ކަންތައްތަކެއް ކުރަންޖެހިފައިވާތީ ކަމަށާ މި ފެބްރުއަރީ މަހުގެ 25 ގައި ވާހަކަތައް އަލުން ފެށޭނެކަމުގެ އުންމީދު އެބައޮތް ކަމަށް އދ. ން ސޫރިޔާއަށް ކަނޑައަޅާފައިވާ މަންދޫބު ސްޓެފަން ޑިމިސްޓޫރާ ވަނީ ވިދާޅުވެފައެވެ.ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ ސޫރިޔާގެ ސުލްހައިގެ ވާހަކަތައް މިމަސް ނިމުމުގެ ކުރިން އަލުން ފެށޭތޯ އެމެރިކާވެސް މަސައްކަތް ކުރަމުން ގެންދާނެކަމަށެވެ. މިކަމަށްޓަކައި ކަމާބެހޭ ހުރިހާ ފަރާތްތަކާ އެމެރިކާ ގުޅަމުން ގެންދާނެކަމަށް އާނެސްޓް ވިދާޅުވިއެވެ.