ޚަބަރު

ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމިޓީގެ ޗެއަރއަކަށް ނާޝިޒް


ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމިޓީ (ސީއޭޕީއޭސީ) ގެޗެއާގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުހައްމަދު ނާޝިޒް އިންތިޚާބު ކޮށްފިއެވެ.

40 ގައުމަކުން ބައިވެރިވެފައިވާ ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް ކޮމިޓީއަކީ ކޮމަންވެލްތުގެ ޤައުމުތަކުގެ ސަރުކާރުތަކުން ހިންގާ މާލީ ކަންކަމާއި، އަދި ސަރުކާރުތައް ޒިންމާދާރު ކުރުމަށް ކުރެވޭ މަސައްކަތައް ދެމެގަތުމަށްޓަކައި އެކުލަވާލާފައި ކޮމިޓީއެވެކެވެ.

މިކޮމިޓީއަށް ނާޝިޒު އިންތިޚާބު ކޮށްފައިވަނީ މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި މެމްބަރު ޤައުމުތަކުގެ ތާއީދާއެކުއެވެ. ނާޝިޒަކީ މިކޮމެޓީގެ ވައިސް ޗެއާގެ މަޤާމު މިދިޔަ އަހަރު ފުރުއްވާފައިވާ ބޭފުޅާވެސް މެއެވެ. ކޮމަންވެލްތު ޤައުމުތަކުގެ ސަރުކާރުތަކުން މާލީ ކަންކަމުގައި އަމަލުކުރަމުންދާ ގޮތް ބަލައި ހުރި މައްސަލަތައް ދެނެގަތުމަށް އުފައްދާފައިވާ މި ކޮމެޓީން އަހަރެއްގެ ތެރޭގައި ތިން ހަތަރު ވޯކްޝޮޕް އެކި ސަރަހައްދުތަކުގައި ބާއްވަމުންދެއެވެ.

ސީއޭޕީއޭސީ އަކީ 2015ވަނަ އަހަރު ކޮމަންވެލްތު ގައުމުތަކުގެ ޕާލިމެންޓް މެމްބަރުން އެގައުމެއްގެ ދައުލަތުގެ މާލީ ކަންކަމުގައި މިނިވަންކަމާ އެކު ނިންމުންތައް ނިިންމުމަށް ހިތްވަރު ދިނުމަށް އުފެދިގެން އައި ކޮމިޓީއެކެވެ.