އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް މިދިޔަ ސީޒަނުގައި ކުޅުނު އުރުގުއާއީގެ ފޯވާޑް އެޑިންސަން ކަވާނީ ސްޕެނިޝް ލީގުގެ ވެލެންސިއާއަށް ސޮއިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ކަވާނީ ވަނީ 2024 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް އެކްލަބްގައި މަޑުކުރުމަށް އެއްބަސްވެފައެވެ.
އުމުރުން 35 އަހަރުގެ ކަވާނީ 2020 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވެ ހޭދަކުރި ދެ ސީޒަންގައިވަނީ 12 ލަނޑު ޖަހާދީފައެެވެ. ވެލެންސިއާއިން ހާމަކުރިގޮތުގައި ކަވާނީ ވަނީ އޭނާ ކުޅުނު ކޮންމެ ޓީމަކަށްވެސް ގިނަ ލަނޑު ތަކެއް ޖަހާދީ 25 ތަށި އޭނާގެ ކެރިެަރުގައި އުފުލާލާފަކަމަށެވެ. އަދި އޭނާ އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ފޯވަޑެއް ކަމަށްވެސް އެކްލަބުން ހާމަކޮށްފައިވެއެވެ.
ވެލެންސިއާ މިވަގުތު އުޅެނީ ސްޕެނިޝް ލަލީގާގެ ތާވަލްގެ 14 ވަނައިގައެވެ. އެއީ މިހާތަނަށް ކުޅުނު ދެމެޗްގެ ތެރެއިން އެއް މެޗް އެއްވަރުވެ އެއްމެޗުން ވަލިވެ ލިބިފައިވާ އެއް ޕޮއިންޓާއެކުއެވެ.