ޚަބަރު

ޕީއެސް-5 ގެ އަގު އުފުލިއްޖެ


އިންފްލޭޝަން މަތިވުމާއި އިޤްތިޞާދީ ޕްރެޝަރުތަކާއި ހެދި ޔޫރަޕާއި ޖަޕާން އާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ޕްލޭސްޓޭޝަން 5 ގޭމް ކޮންސޯލްގެ އަގު މަތިކޮށްފައިވާ ކަމަށް ސޮނީ ގްރޫޕް ކޯޕަރޭޝަނުން ބުނެފިއެވެ.

ސޮނީން ބުނީ ޑިސްކް ޑްރައިވް އިކުއިޕްޑް ވަރޝަންގެ ކޮންސޯލްގެ އަގު 550.81 އެމެރިކާ ޑޮލަރު ބޮޑުކުރުމަށް ވިސްނަމުން އަންނަ ކަމަށެވެ. މީގެ އަގު މީގެކުރިން ޔޫރަޕްގައި ހުރީ 499.99 ޔޫރޯ އަށެވެ. ޕީއެސް-5 ގެ އަގު ޖަޕާނުގައިވެސް ހަމަ މިވަރަށް އުފުލޭނެކަމަށާއި ނަމަވެސް އެމެރިކާގައި މީގެ އަގު އަދި އުފުލިގެން ނުދާނެ ކަމަށް ސޮނީއިން ބުނެއެވެ.

ޕީއެސް-5 ގެ އަގު އުފުލާފައިމިވަނީ ސޮނީގެ ގޭމްސް ވިޔަފާރިއަށް ހާޑްވެއާގެ ދަތިކަން ކުރިމަތިވެ، އެހެނިހެން ތަކެތިވެސް ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ސޮނީގެ އަމާޒަކީ މި ހިނގާ މާލީ އަހަރު 18 މިލިއަން ޔުނިޓް ވިއްކުމެވެ.

ދުނިޔޭގެ އިންފްލޭޝަން ރޭޓް މަތިވުމުގެ އިތުރުން ފައިސާގެ ނޭދެވޭ ޓްރެންޑްތަކުގެ ސަބަބުން ކޮންސިއުމަރުންނަށް އަސަރުކޮށް، ގިނަ ސިނާއަތްތަކަށް ޕްރެޝަރާއި ކުރިމަތިލާންޖެހިފައިވާ ކަމަށް ސޮނީ އިންޓަރެކްޓިވް އެންޓަޓެއިންމަންޓްގެ ޗީފް އެގްޒެކެޓިވް ޖިމް ރަޔަން ވަނީ ބުނެފައެވެ.