ދުނިޔޭގެ ވިޔަފާރި

ބްރެޒިލްގެ ޓްރޭޑް ސާޕްލަސް ދަށްވާނެކަމަށް ލަފާކޮށްފި


ބްރެޒިލްގެ ޓްރޭޑް ސާޕްލަސް މިއަހަރު ކުރިން ލަފާކުރި ވަރަށް ވުރެ ދަށްވުން އެކަށީގެންވާކަމަށް އަމިއްލަ އިގްތިސާދީ މާހިރުންނާއި އިގްތިސާދާއިބެހޭ ވުޒާރާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މިއަހަރު ބްރެޒިލްގެ ވިޔަފާރީގެ ސާޕްލަސް މި މަހުގެ ކުރީކޮޅު ލަފާކުރި 81.5 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށްވާނެކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް އަދިވެސް މިދިޔަ އަހަރުގެ ރެކޯޑް ސާޕްލަސް ކަމުގައިވާ 61.4 ބިލިއަން އެމެރިކާ ޑޮލަރުގެ ފަހަތަށް ޖައްސާލެވޭނެކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

އޭޕްރީލް މަހުން ފެށިގެން ގާތްގަނޑަކަށް 70 ބިލިއަން އެމެރިކާ ޑޮލަރުގެ ސާޕްލަސްއެއް ހިފަހައްޓާފައި އޮތްކަމަށް އިގްތިސާދީ މާހިރުންނާއި ހަފްތާއަކު އެއްފަހަރު ބްރެޒިލްގެ މަރުކަޒީ ބޭންކުން ކުރާ ސާވޭއަކުން ލަފާކުރި ނަމަވެސް ފާއިތުވި މަސް ދުވަހުގެ ތެރޭގައި އެ ދެ ފަރާތުން ލަފާކޮށްފައިވާ ގޮތާއި ޚިލާފަށް މިދިޔަ ހަފްތާގައި ގާތްގަނޑަކަށް 66 ބިލިއަން އެމެރިކާ ޑޮލަރަށް ޓްރޭޑް ސާޕްލަސް ވަނީ ވެއްޓިފައެވެ.

އަސާ އިންވެސްޓްމަންޓްސްގެ އިގްތިސާދީ މާހިރެއް ކަމަށްވާ ލިއޮނާޑޯ ކޮސްޓާ ވިދާޅުވި ގޮތުގައި ތެޔޮ އިމްޕޯޓް ކުރުމުން މިއަހަރު 72 ބިލިއަން ޑޮލަރުގެ ސާޕްލަސްއެއް ލިބޭނެ ކަމަށް ކުރިން ލަފާކުރި އަންދާޒާ އިސްލާހު ކުރަން މިހާރު އޭނާއަށް މަޖުބޫރުވާނެއެވެ.

ތެޔޮ އެކްސްޕޯޓުކުރާ ގައުމަކަށްވުމުގެ އިތުރުން ބްރެޒިލް ވަނީ އިމްޕޯޓަށްވެސް ވަރަށް ބޮޑަށް ބަރޯސާވެފައިކަމަށް ލިއޮނާޑޯ ވިދާޅުވިއެވެ.

އެކްސްޕޯޓް ކުރިއަރަމުން މިދަނީ ހީކުރި ގޮތަށްކަމަށާއި މިދިޔަ އަހަރު އެކްސްޕޯޓުކުރި މިންވަރު 280 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއަހަރު އެ އަދަދު 350 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ލަފާކުރާ ކަމަށް ބްރެޒިލްގެ އޮފިޝަލުން ބުނެއެވެ،

ޗައިނާގެ އިމާރާތްކުރުމުގެ ދާއިރާ ހީނަރުވެފައިވުމުންވެސް ދަގަނޑަށް އޮތް ޑިމާންޑަށް އަސަރު ކުރަމުންދާކަމަށް ބޭންކޯ އިންޓަގެ ޗީފް އިކޮނޮމިސްޓް ރަފައެލާ ވިޓޯރިއާ ވިދާޅުވިއެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ފަހުކޮޅާއި އަޅާބަލާއިރު މިއަހަރުގެ ފަހު 6 މަސް ދުވަހު ހަކަތަ އިމްޕޯޓުކުރާ މިންވަރު ކޮންމެވެސް ވަރަކަށް އިތުރުވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.