ޚަބަރު

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި


މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ކަސްޓަމްސްއިން ނައްތާލި ތަކެތީގެ ތެރޭގައި ބަނގުރަލާއި. ބަނގުރާ އެކުލެވޭ ބިޔަރު ހިމެނޭއިރު މިތަކެތި ނައްތާލާފައިވަނީ ކ. ތިލަފުށީ ކުނި ނަތައްލާ ސަރަޙައްދުގައެވެ.

ކަސްޓަމްސްއިން ވިދާޅުވީ، ނައްތާލެވުނު ތަކެތީގެ ތެރޭގައި 225.7 ލީޓަރުގެ ބަނގުރަލާއި، 6763 ލީޓަރުގެ ބަނގުރާ ޕެކެޓާއި އަދި 1708.09 ލީޓަރުގެ ބިޔަރު ފުޅި ހިމެނޭ ކަމަށެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ ޢާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރ ހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ. އެކި ސަބަބު ތަކާހުރެ، ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާން ކޮށްފައިވެއެވެ.