ކުޅިވަރު

ލެސްޓާއަށް ގެނައި ފުރަތަމަ ކުޅުންތެރިޔަކަށް އެލެކްސް ސްމިތީސް


ލެސްޓާ ސިޓީއަށް މި ސީޒަނަށް ގެނައި ފުރަތަމަ ކުޅުންތެރިޔަކަށް މީގެ ކުރިން ކާޑިފް ސިޓީއަށް ކުޅެފައިވާ ގޯލްކީޕަރު އެލެކްސް ސްމިތީސް ވެގެން ހިނގައްޖެއެވެ.

މައުލޫމާތުލިބިފައިވާގޮތުގައި އޭނާ ލެސްޓަރ އަށް ސޮއިކޮށްފައިވަނީ ފްރީ ޓްރާންސްފަރއެއްގެ ދަށުންނެވެ.

އުމުރުން 32 އަހަރުގެ ސްމިތީސްވަނީ ކުރިން ކިޔުޕީއާރަށާއި ހަޑަސްފީލްޑަށްވެސް ކުޅެފައެވެ. އޭނާ ލެސްޓަރއަށް ސޮއިކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސްމިތީސްގެ ކުރިން ލެސްތަރ ވެފައިވީ ޔޫރަޕްގެ ބޮޑު ފަސް ލިގުގެ ތެރެއިން ވެސް އާ ސީޒަނަށް ކުޅުންތެރިޔަކު ސޮއިނުކޮށް އޮތް ހަމައެކަނި ކްލަބަށެވެ.

ސްމިތީސް ލެސްޓަރއަށް ގެނެސްފައިމިވަނީ އެޓީމްގެ ކެޕްޓަން އަދި އެއްްނަމްބަރު ކީޕަރު ކެސްޕަރ ޝޫމައިކަލް ފްރެންޗް ލީގ އާންގެ ނީސްއަށް ބަދަލުވުމާއި ގުޅިގެން ހުސްވެފައިވި ޖާގަ ފުރުމަށްޓަކައެވެ. އަދި އޭނާ ފުރަތަމަ އެގާރައިގާ ހިމެނުމަށްވުރެ ބޮޑަށް ބެންޗްގައި އިންނާނެކަމަށް ވަނީ ބެލެވިފައެވެ. ސްމިތީސް ހާމަކުރިގޮތުގައި އޭނާގެ ކެރިއަރުގައި ގިނަ މެޗްތަކެއް ކުޅެފައިވުމުގެ ސަބަބުން އޭނާ މިޓީމަށް ރަނގަޅަށް ފިޓްވެގެންދާނެކަމަށެވެ. އަދި އޭނާ ގިނައިން ކުޅެފައިވަނީ ޗެމްޕިއަންޝިޕްގައި ކަމަށާއި މިކްލަބްގައި އޭނާގެ ދައުރު ކުޑަކޮށް ތަފާތު ވާނެކަމަށް ބެލޭވެކަމަށްވެސް އޭނާ ހާމަކުރިއެވެ. މިގޮތުން އޭނާ ބޮޑަށް ޖެހޭނީ އެހެން ކުޅުންތެރިންނަށް އެހީތެރިވެދީ އަދި ވަގުތު ޖެހުމުން އެހެން ކުޅުންތެރިއެއްގެ ޖާގަ ދަނޑުމަތީ ފުރުމަށް ތައްޔާރަށް ހުރުމެވެ. ސްމިތީސް އެންމެ ފަހުން ކުޅުނު ކާޑިފްއިން ވަކިވެފައިވަނީ މިއަހަރުގެ ޖޫންއަށް އޭނާގެ ކޮންޓްރެކްޓް ހަމަވުމާއެކުއެވެ.