އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބޭއްވި 35 ވަނަ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔައީ މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތުގެ މަގްސަދަކީ ވާހަކަދެއްކުމުގެ ފަންނުގައި ކުޅަދާނަ އަދި ތަފާތު މައިދާންތަކުގައި ދިވެހި ބަސް ދިރުވާ އާލާކުރާނެ ދަރިން އުފެއްދުމެވެ. އަދި ކިޔަވާ ކުދިންނާއި ޒުވާނުންނަށްވެސް މި ދާއިރާއިން ކުރިއަށްދިޔުމަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމެވެ.
ވާހަދެއްކުމުގެ ގައުމީ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދަށު ސާނަވީ ބަޔާއި ސާނަވީ ބަޔާއި މަތީ ސާނަވީ ބައިގެ އިތުރުން 18 އަހަރުން މަތީގެ އަމިއްލަ ފަރާތްތަކާއި، އޮފީސް، ކުންފުނި، ކުލަބު، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެންނެވެ.
ދަށު ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ފާތިމަތު ސާރާ ނަޒީރެވެ. ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ އިސްކަންދަރު ސްކޫލުގެ ދަރިވަރު ޒާރާ އިބްރާހީމެވެ. އަދި، މަތީ ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ އިހަވަންދޫ ސްކޫލުގެ ދަރިވަރު އައިޝަތު އަފާ އަޝްރަފެވެ. ދަށު ސާނަވީ ގިންތިންނާއި ސާނަވީ ގިންތިން އެއްވަނައަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލެވެ.
އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން މަތީގެ އުމުރުފުރާއިން އެއްވަނަ ހާސިލްކޮށްފައިވަނީ އާހިލް އާސިމް އަބްދުﷲ ގދ. މަޑަވެލިއެވެ. އޮފީސް، ކްލަބް، ޖަމުއިއްޔާ ޖަމާއަތްތަކުގެ ބައިން އެއްވަނަ ބަހުސްކުރުންތެރިޔަކަށް ހޮވިފައިވަނީ އެމްއެމްއޭ ކްލަބްގެ ހައްވާ ރައުފާ އަބްދުއްރަހީމްއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫނާއި ދިވެހި ބަހަށް ޚިދުމަތް ކުރައްވާ ބަސް ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.