ޚަބަރު

ތެލަށް އޮތް ޑިމާންޑު ދަށްކަމަށް އޯޕެކުން ބުނެފި

މިއަހަރު ތެލަށް އޮތް ޑިމާންޑު ދަށްކަމަށް އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީޒް، އޯޕެކްއިން ބުނެފިއެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައާއި، އިންފްލޭޝަން މަތިިވުން އަދި ކޯވިޑުގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށްކުރާ މަސައްކަތްތަކާއި ހެދި އިގްތިސާދީ ހީނަރުކަން ކުރިމަތިވާނެކަމަށް ބުނެ ތެލުގެ ޑީމާންޑު ދަށްވާނެކަމަށް މީގެކުރިންވެސް އޯޕެކްއިން ދަނީ ބުނަމުންނެވެ.

ނަމަވެސް އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ (އައިއީއޭ) އިން ބުނާގޮތާއި އޯޕެކުން ބުނާގޮތާއި ތަފާތެވެ. އައިއީއޭއިން ވަނީ މިއަހަރު ތެލުގެ ޑިމާންޑު އިތުރުވާނެކަމަށް ބުނެފައެވެ.

އޯޕެކުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާގޮތުގައި 2022 ވަނަ އަހަރު ތެލުގެ ޑިމާންޑް ދުވާލަކު 3.1 މިލިއަން ފީފާ އަށް ނުވަތަ %3.2 އިތުރުވާނެކަމަށް ލަފާކުރާކަމަށެވެ. މިއީ ކުރިން ލަފާކޮށްފައިވާ ދުވާލަކަށް 260،000 ފީފާ ތެލަށްވުރެ މަދު މިންވަރެކެވެ. އައިއީއޭއިން ވަނީ ދުވާލަކަށް ބޭނުންވާ މިންވަރު 380،000 ފީފާ ތެލުން 2.1 މިލިއަން ފީފާ އަށް އިތުރުކޮށްފައެވެ.

ކޯވިޑުގެ ބަލިމަޑުމަކުގެ އެންމެ ގޯސް ހާލަތުން ތެލުގެ ޑިމާންޑު އަރައިގެންފައިވާއިރު، ތެލުގެ އަގު ކިތަންމެ މައްޗަށް އުފުލުނު ނަމަވެސް ކޯވިޑުގެ ބަލިމަޑުކަމުގެ ކުރީގެ ހާލަތަށްވުރެ އިތުރަށް ތެލުގެ ޑިމާންޑު މަތިވާނެކަމަށް ލަފާކޮށްފައި އޮތް ނަމަވެސް، ތެލުގެ އަގު އުފުލުމާއިއެކު ޗައިނާގައި ފެތުރުނު ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އޯޕެކުން ލަފާކޮށްފައިވާ މިންވަރަށް ތެލުގެ ޑިމާންޑު އިތުރެއް ނުވިއެވެ.

ދުނިޔޭގެ އިގްތިސާދު ކުރިއެރުން މަޑުޖެހި ތެލަށް އޮތް ޑިމާންޑް ދަށްވިނަމަވެސް ދުނިޔޭގެ ތެލުގެ ބާޒާރުގެ އަސާސީ ކަންކަން 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ބޮޑު ބައެއްގައި ރަގަޅުކަމަށް އޯޕެކްގެ ރިޕޯޓުގައިވެއެވެ.

2022 ވަނަ އަހަރުގެ ދުނިޔޭގެ އިގްތިސާދީ ދުވެލި %3.5 އިން %3.1 އަށް މަޑުވާނެކަމަށް އޯޕެކުން ވަނީ ލަފާކޮށްފައެވެ. އަދި އަންނަ އަހަރުގެ އިގްތސާދީ ދުވެލި 3.1 އިންސައްތައަށް މަޑުވާނެކަމަށްވެސް ލަފާކޮށްފައެވެ.

އޯޕެކުން މިއީ ކޯވިޑުގެ ބަލިމަޑުކަމުގެ ކުރީގެ ހާލަތާއި އަޅާބަލާއިރު އަދިވެސް ވަރުގަދަ ކުރިއެރުމެއްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރަޝިއާ އާއި އޯޕެކް ގައުމުތައް ހިމެނޭގޮތަށް އޯޕެކް ޕްލަސް އިން އަންނަނީ ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ.