ޚަބަރު

އުރީދޫ ކްލަބް ޕްރިމިއާ ލައުންޖު، އަޕްގްރޭޑްކޮށް ހުޅުވައިފި


އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް ޚާއްސަކުރެވިފައިވާ ކްލަބް ޕްރިމިއާ ލައުންޖު، އަޕްގްރޭޑްކޮށް ރަސްމީގޮތުން މިއަދު ހުޅުވައިފިއެވެ.

އުރީދޫއިން ކްލަބް ޕްރިމިއާ ޕްރޮގްރާމް ތައާރަފް ކުރެވުނީއްސުރެ، އެކުންފުނިން ދަނީ ޕްރިމިއަރ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެެވެ. ކްލަބް ޕްރިމިއަރ ލައުންޖަށް މި ގެނެވުނު އަޕްގްރޭޑާއެކު، އުރީދޫގެ ޕްރީމިއަރ ކަސްޓަމަރުންނަށް ހިތްގައިމު މާހައުލެއްގައި، އެ ކަސްޓަމަރެއްގެ ބޭނުންތަކާއި އެއްގޮތައް ޙާއްސަކޮށް ފަރުމާކުރެވިފައިވާ ޙިދުމަތްތަކާއެކު ހިތްހަމަޖެހޭ ޙިދުމަތުގެ ތަޖުރިބާއެއް ލިބިގެންދާނެއެވެ.

އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ޚިދުމަތްތަކުގެ އިތުރުން، ކްލަބް ޕްރިމިއަރ ލައުންޖުން އިތުރު ތަޖުރިބާތަކެއް ކުރެވިގެންދާނެއެވެ. މިގޮތުން، ސްމާޓް އެކްސެސް މެދުވެރިކޮށް، މެމްބަރޝިޕް ކާޑު ބޭނުންކޮށްގެން ކްލަބް ޕްރިމިއާ ލައުންޖަށް ވަދެވަޑައި ގަނެވޭނެއެވެ. ލައުންޖަށް ވެންނެވުމާއިއެކު، ވަރަށް ހިތްގައިމު މާހައުލެއްގައި، އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާއި އެކު ފޯރުކޮށްދެވޭނެއެވެ. ހަމައެއާއި އެކު، ޑިޖިޓަލް ފޯމުތައް މެދުވެރިކޮށް، އުރީދޫގެ ކޮންމެ ޚިދުމަތެއްވެސް ފަސޭހަކަމާއި އެކު ޚިޔާރު ކުރެއްވޭނެއެވެ.

ލައުންޖު ރަސްމީކޮށް ހުޅުއްވައިދެއްވާ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ ވިދާޅުވީ މި ލައުންޖުގެ ހިތްގައިމު މާހައުލާއި އަދި ޚިދުމަތްތަކުގެ ސަބަބުން އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންގެ ތަޖުރިބާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

"އުރީދޫ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޙާއްސް ލައުންޖް އަޕްގްރޭޑްކޮށް ރަސްމީކޮށް ހުޅުވުމުން އުރީދޫ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. މި އުފާވެރި މުނާސަބަތު ފާހަގަކުރަމުންދާއިރު، އުރީދޫގެ އާ ކެމްޕޭން "އަޕްގްރޭޑް ޔޯ ވޯލްޑް" އަކީ، އުރީދޫއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ އީޖާދީ ޚިދުމަތްތަކާއި، ރާއްޖެއަށް ގެނެސްދޭ ޓެކްނޮލޮޖީއާއި، މި ބްރޭންޑާއެކު ކަސްޓަމަރުންނަށް ލިބިފައިވާ ތަޖުރިބާތައް، މެދުކެނޑުމެއްނެތި އަޕްގްރޭޑް ކުރުމަށް މި ޓީމުން ކުރަމުންދާ މަސައްކަތްތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކެމްޕެއިނެއް" މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ ވިދާޅުވިއެވެ.

މި ހަފްލާގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ އުރީދޫގެ އަމާޒަކީ ކަސްޓަމަރުންގެ ތަޖުރިބާއަށް އިންޤިލާބީ ބަދަލެއް ގެނެސް، އަޅުގަނޑުމެންގެ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ އާ ބްރޭންޑް ކެމްޕޭން، "އަޕްގްރޭޑް ޔޯ ވޯލްޑް" އިން ރަމްޒުކޮށްދެނީ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމަށް އަޅުގަނޑުމެން ދޭ ހާއްސަ އަހައްމިއްޔަތުކަން. މި ވައުދާ އެއްގޮތަށް، އަޅުގަނޑުމެންގެ ޕްރިމިއަމް ކަސްޓަމަރުންނަށް ހާއްސަކޮށްގެން އަޕްގްރޭޑް ކޮށްފައިވާ ކްލަބް ޕްރިމިއަރ ލައުންޖް ރަސްމީކޮށް ހުޅުވާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. . އަޅުގަނޑުމެންގެ ކަސްޓަމަރ އެކްސްޕީރިއަންސް އިތުރު ހަރުފަތަކަށް ގެންދިއުމުގެ އަޅުގަނޑުމެންގެ ޓީމުން އޮތީ ވަރުގަދަ އަޒުމެއްގައި."އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

ކްލަބް ޕްރިމިއަރ ޚިދުމަތް އުރީދޫއިން ތައާރަފްކުރީއްސުރެ، މި ޚިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެއެވެ. އެގޮތުން ފަހުގެ އައު ބްރޭންޑްތަކާއި ޕާޓްނަރވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެއެވެ. ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ނަދާ ސެލޫން އެންޑް އެއިސްތެޓިކްސް، ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން %20އާއި ހަމައަށް ޑިސްކައުންޓް ލިބެއެވެ.

ހ.މާދޫގައި ހުޅުވިފައިވާ އުރީދޫ ކްލަބް ޕްރިމިއާ ލައުންޖުން، ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު، ހެނދުނު ނުވަގަޑި ސުންމިނިޓުން ފެށިގެން، ރޭގަނޑު ދިހައެއްގެ ނިޔަލަށް ޚިދުމަތް ލިބޭނެއެވެ.