ދުނިޔޭގެ ވިޔަފާރި

ޕިލިޕީންސްގެ އިޤްތިޞާދީ ދުވެލި ހަލުއިވެއްޖެ


ފިލިޕީންސްގެ އިޤްތިސާދީ ދުވެލި ނިމުނު ކުއާޓަރުގައި %7.4 އަށް ކުރިއަރައިފިއެވެ.

އިޤްތިސާދީ ދުވެލި ހަލުއިވިއިރު އެގައުމުގެ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށްޓަކައި އިންޓްރެސްޓު ރޭޓު ބޮޑުކުރާނެކަމަށް ކުރިން އޮތީ ލަފާކޮށްފައެވެ.

އިޤްތިސާދީ ދުވެލި ހަލުއިވީނަމަވެސް މިއީ ލަފާކުރިވަރަށްވުރެ ދަށް ކުރިއެރުމެކެވެ. ނަމަވެސް ޖެނުއަރީ އާއި މާޗް މަހާއި ދެމެދު ރެކޯޑްކުރެވުނު ޖުމްލަ ޖީޑީޕީ %8.2 އަށް އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ނަތީޖާގެ ސަބަބުން އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް ހަރުކަށި މާލީ އުސޫލުތައް އެކުލަވާލުމަށް މަރުކަޒީ ބޭންކަށް އެހީއަކަށް ވާނެއެވެ.

ބެންކޯ ސެންޓްރަލް އެންޖީ ފިލިޕީންސް (ބީއެސްޕީ) އިން މިދިޔަ މަހު ވަނީ ޖުލައިމަހު އިންފްލޭޝަން %0.75 ޕޮއިންޓު ބޮޑުކޮށްފައެވެ. އަދި މި ޕޮއިންޓު ބޮޑުކޮށްފައިވަނީ، ހަތަރު އަހަރު ދުވަހުގެ ތެރޭގައި އިންފްލޭޝަން އެންމެ މަތިވި ރޭޓު ކަމަށްވާ %6.4 އަށް ޖުލައިމަހު އެރުމުގެ ކުރިންނެވެ.

ލޯނު އިންޓްރެސްޓު ރޭޓު މަތިވިޔަސް ފިލިޕީންސްގެ އިޤްތިސާދަށް އަސަރެއް ނުކުރާނެކަމުގެ އިތުބާރު ބޮޑުވަމުންދާ ދަނޑިވަޅެއްގައި ބީއެސްޕީން ވަނީ އޮގަސްޓް 18 ވަނަ ދުވަހު ބާއްވާ ސިޔާސަތު ބައްދަލުވުމުގައި ކީ އިންޓަރެސްޓް ރޭޓް މަތިކޮށްފާނެކަމަށް ލަފާދީފައެވެ.

އިކޮނޮމިކް ޕްލޭނިން ސެކްރެޓަރީ ވިދާޅުވީ އިންފްލޭޝަންގެ ސަބަބުން ހީނަރުކަން ކުރިމަތިވި ނަމަވެސް އެގައުމުގެ އިގްތިސާދީ ނަތީޖާ ޗައިނާ އާއި އިންޑޮނޭޝިއާ ފަދަ ސަރަހައްދީ އެކުވެރިންނަށް ވުރެ ކުރިއަރާފައިވާ ކަމަށެވެ.

އެލާޓް ލެވެލްތަކަށް ލުއި ދިނުމާއި، ފަތުރުވެރިކަމުގެ ހުރަސްތައް އުވާލުމާއި، ވެކްސިން ތައާރަފްކުރުން އަވަސް ކުރުން ފަދަ ކޯވިޑާ ގުޅުން ހުރި ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ފިލިޕީންސްގެ އިޤްތިސާދީ ހަރަކާތްތައް އިތުރު ކުރުމަށް އެހީތެރިވެދިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސްގެ އަމާޒަކީ 2023 އިން 2028 އަށް، އެޤައުމުގެ އިޤްތިޞާދު އަހަރަކު %6.5 އާއި %8ގެ ކުރިއެރުމެއް ހޯދުމެވެ.