ޚަބަރު

ގާޑިޔާތައް މިނިސްޓްރީގައި ރަޖިސްޓްރީކުރަން އަންގަވައިފި


މާލޭ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގުގައި ކާބޯތަކެތި ވިއްކުމަށް ބަހައްޓާފައި ހުރި ގާޑިޔާތައް ހައުސިން މިނިސްޓްރީގައި ރަޖިސްޓްރީ ކުރަން އަންގަވައިފިއެވެ. ހައުސިން މިނިސްޓްރީން ވިދާޅުވީ މާލޭގެ ދެކުނު ފަރާތު، ބޮޑުތަކުރުފާނު މަގުގައި ކާބޯތަކެތި ވިއްކާ ގާޑިޔާތައް ހަތް ދުވަހުގެ ތެރޭގައި އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށް، ނަގަންޖެހޭ އެހެނިހެން ހުއްދަތައް ނަގަންޖެހޭނެ ކަމަށެވެ. އަދި މި މުއްދަތުތެރޭގައި ރަޖިސްޓްރީނުކުރާ ގާޑިޔާތައް އެމިނިސްޓްރީގެ ބެއްލެވުމުގެ ދަށަށް ގެނެވޭނެކަމަށާއި، އަދި ގާޑިޔާ ގެނައުމުގެ ތެރޭގައި ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.