ދުނިޔެ

އިންޑިޔާގައި ކިޔަވާ ކުދިންތަކެއް ގެނބިގެން މަރުވެއްޖެ


އިންޑިޔާގެ މަހާރަޝްތްރާ ސްޓޭޓްގައި ދަތުރު ގޮސްއުޅުނު ކިޔާވާ ކުދިންތަކެއްގެ ތެރޭން ބަޔެއް ކުދިން ގެބިގެން މަރުވެއްޖެއެވެ.އިއްޔެ ހިނގި މިހާދިސާއަށްފަހު ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި މިހާތަނަށް 13 ކުއްޖެއްގެ ހަށިގަނޑު ފެނިފައިވެއެވެ. މިހާދިސާ ހިނގަން ދިމާވީ، ޕޫނޭ ޑިސްޓްރިކްޓްގެ ކޮލެޖެއްގެ 112 ވަރަކަށް ކުދިން ގޮނޑުދޮށަކަށް ދަތުރުގޮސް އުޅެނިކޮށް މޫސުން ގޯސްވެ އޮއެ ބާރުވުމުގެ ސަބަބުން، މޫދަށް އެރި ތިބި ކުދިންގެ ތެރެއިން ބައެއް ކުދިން އޮޔާ ދަމައިގަތުމުގެ ސަބަބުންނެވެ.މިހާދިސާއާއި ގުޅިގެން މަހާރަޝްތްރާގެ މިނިސްޓަރ އޮފް ހައުސިންގ ލޭބަރ އެންޑް މައިނިންގ ޕްރަކާޝް މެހެތާ، މި ކުދީންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައިވެއެވެ. މިހާދިސާގައި ސަލާމަތް ކުރެވުނު ކުދިންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.