ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޓޭބަލް ޓެނިހުގެ އަންގެން ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ބަލިވެއްޖެއެވެ.
ހޯމަ ދުވަހު ކުރިއަށްދިޔަ އަންހެން ސިންގަލްސްގެ ކުއާޓާ ފައިނަލް މެޗުން ރަފާ ބަލިވީ ކެމަރޫންގެ އެއްވަނަ ކުޅުންތެރިޔާ ސާރާ ގަބްރިއެލޭ އަތުން ސީދާ ތިން ސެޓުންނެވެ.
ދުނިޔޭގެ އަންހެން ސިންގަލްސް ރޭންކިންގެ ގަދަ 100 ތެރޭގައި މީގެ ކުރިން ހިމެނުނު ސާރާ މި މެޗުގެ ސެޓުތައް ގެންދިޔައީ 21-10، 11-07 އަދި 11-09 އިންނެވެ.
ކުއާޓާއިން ރަފާ ބަލިވިއިރު، އޭނާ ކުއާޓާއަށް ދަތުރުކޮށްފައިވަނީ ފުރަތަަމަ ކުޅުނު މެޗުން އުޒްބެކިސްތާންގެ ރޮޒެލީނާ ހަދީޖޭވާ އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. އެ މެޗުގެ ސެޓުތައް ރަފާ ގެންދިޔައީ 11-04، 13-11 އަދި 11-03 އިންނެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންގެން ސިންގަލްސް ކުއާޓާ ފައިނަލުގައި ރަފާ ވާދަކުރިއިރު، އޭނާ ވަނީ ދާދި ފަހުން އިނގިރޭސިވިލާތުގެ ބާމިންހަމުގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ސިންގަލްސްގައި ދެ މެޗުން މޮޅުވެ، ގްރޫޕުގެ އެއްވަނައާއެކު ގަދަ 32 ކުޅުންތެރިންގެ ބުރުގައި ވާދަކޮށްފައެވެ.
ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއަށް ދެން އޮތީ ޓީމު އިވެންޓްގެ މެޗުތަކެވެ. ޓީމު އިވެންޓް ބައިގައި އަންހެން އަދި ފިރިހެން ޓީމު ވާދަކުރާނެއެވެ.