ޚަބަރު

ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކުރަން އަމުރުކޮށްފި


އަނިޔާވެރިގޮތަކަށް ރޭގައި މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޝާހިލްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުން ބާއްވާފައިވަނީ މީޑިއާތަކާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ.

ކޯޓަށް ހާޒިރުކުރުމުން މައްސަލައިގެ ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކުރަން ނިންމާފައިވާއިރު، ކްރިމިނަލް ކޯޓުން ބުނީ އެ އަޑުއެހުން ސިއްރުކުރަން ގާޒީ ނިންމެވީ ފުލުހުން އެ ގޮތަށް އެދުމުންކަމަށެވެ.

އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލާފައި އޮތްވާ ފެނުނީ ހ. ޝީރީންވިލާގައި ހުރި އެޕާޓްމަންޓަކުންނެވެ. އެ މައްސަލައިގައި ހައްޔަރުކުރި އުމުރުން 23 އަހަރުގެ އަލީ ޝާހިލް ހައްޔަރުކުރީވެސް އެ އެޕާޓްމަންޓުންނެވެ.