ޚަބަރު

މަރާލާފައި އޮތް މީހަކު މާލޭގެ ގެއަކުން ފެނިއްޖެ


މަރާލާފައިވާ އޮތް މީހަކު މާލޭގެ ގެއަކުން ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މާލޭގެ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު މަރާލާފައި އޮތްކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި މަރާލާފައި އޮތް މިހާ ފެނުނު ތަނުން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގެ އިތުރު މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރަމުންދާނެކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާ މަރާލާފައި އޮތްވާ ފެނިފައިވަނީ ހެންވޭރުކޮޅުގައި ހުންނަ ޗީބޯ ކެފޭ ކައިރީގައި ހުރި ގެއަކުންނެވެ..