ޚަބަރު

ޑިސްއޭބިލިޓީ ކައުންސިލުގެ އިންތިޚާބް މާދަމާ


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބްގައި ވާދަކުރާ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ ނަން ތަރުތީބު ކުރައްވައި، ވޯޓްފޮށި ބަހައްޓަވާ ތަންތަން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާއިން ކަނޑައަޅުއްވައިފިއެވެ.އެމިނިސްޓްރީއިން ހާމަކުރައްވާ ގޮތުގައި މާދަމާ ބޭއްވެވުމަށް ހަމަޖެހިފައިވާ އިންތިޚާބްގައި، ވޯޓްދިނުން އޮންނާނީ ކައުންސިލްގައި ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާތަކުގެ ގޮނޑިއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލްކުރާ ގޮނޑިއަށް މެމްބަރުން ހޮއްވެވުމަށެވެ. އިންތިޚާބްގައި މަދަނީ ދެ ޖަމްޢިއްޔާއެއް ވާދަ ކުރާއިރު، ނުކުޅެދުންތެރިކަން ހުންނަ ތިން ފަރާތަކުން ވާދަކުރެއެވެ.ޖެންޑަރި މިނިސްޓްރީން ވިދާޅުވީ، ވޯޓްލުމަށް މާލޭ ސަރަޙައްދުން ރަޖިސްޓްރީކުރި މީހުން ވޯޓްލުމަށް، ހަތަރު ވޯޓް ފޮށި ބަހައްޓާނެއެވެ.އެއީ ޖެންޑަރ މިނިސްޓްރީގައި ބަހައްޓަވާ ފޮށްޓަކާއި، ހުޅުމާލޭ ހައުސިންގް ޑެވެލޮޕްމަންޓް ކޯޕަރޭޝަން ޢިމާރާތުގެ ގްރައުންޑް ފްލޯގައި ބަހައްޓަވާ ފޮށްޓަކާއި، ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ބަހައްޓަވާ ވޯޓް ފޮށްޓެކެވެ.އަދި އަތޮޅު ތެރޭގައި ވޯޓްލުން ހަމަޖެހިފައިވަނީ ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާ ރަށެއްގެ ރަށު ކައުންސިލް އިދާރާގައި ބަހެއްޓަވާ ވޯޓް ފޮށްޓަށް ކަމަށްވެސް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރާ ކައުންސިލްގެ އިންތިޚާބް ކުރިޔަށް ގެންދަވަން ހަމަޖެހިފައިވަނީ، މާދަމާ ހެދުނު ނުވަޔަކުން މެންދުރުފަހު ދޭކަށެވެ.