ޚަބަރު

ލޭނު މަސްވެރިކަމާ ބެހޭ ތަމްރީން ޕްރޮގްރާމެއް ހިންގަވަނީ


މަސްވެރިކަމުގެ ސިނާޢަތަށް ޒުވާނުން އަހުލުވެރިކުރުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ލޭނު މަސްވެރިކަމާ ބެހޭ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ފިޝަރީޒް މިނިސްޓްރީން ނިންމަވައިފިއެވެ.ފިޝަރިޒް މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި މިތަމްރީނުތައް ކުރިއަށް ގެންދަވަނީ ދެ ދުވަހަގެ މުއަދަތަށެވެ. މިޕްރޮގްރާމް އަމާޒު ކުރަނީ ޒުވާން މަސްވެރިންނަށް ކަމަށްވުމާއެކު، މަސްވެރިކަމުގައި މިހާރުވެސް ޙަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.ތިއަރީ ސެޝަންތަކަކާއި، ޢަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާ ލައިގެން ކުރިއަށް ގެންދަވާ މިތަމްރީން ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރިލްމަހުއެވެ.ފިޝަރިޒް މިނިސްޓްރީން ވިދާޅުވީ ޒުވާނުން މި މަސްވެރިކަމަށް އަހުލުވެރިކުރުވައި މިފަދަ އިޤްތިޞާދީ މަސައްކަތަކަށް ނެރުމަށްޓަކައި ސުކޫލު ދައުރު ނިންމުމަށްފަހު މުޖުތަމަޢަށް ނުކުންނަ ޒުވާނުންނަށް މިފަދަ ޕްރޮގްރާމެއްގެ ދަށުން ލޭނުމަސްވެރިކަން ކުރާ ގޮތް ދަސްކޮށްދީ، ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު  ފަހި ކޮށްދެއްވައި ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރަން ޖެހިފައިވާކަމަށެވެ.ދިވެހި މަސްވެރިކަމުގެ ޞިނާޢަތުގައި ޒުވާން މަސްވެރިންގެ ހިއްސާ އިތުރުކޮށް، ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދުގެ މުއްސަނދިކަމުން މަސްވެރިންނަށް އިތުރު ނަފާ ހޯދުމުގެ  މަސައްކަތްތަކެއް ސަރުކާރުން ފަހިހޮށްދެއްވަމުން އެބަ ގެންދަވައެވެ. މިގޮތުން ލޭނުމަސްވެރިކަން ރާއްޖެއަށް ތަޢާރަފްކޮށް، ޒުވާން މަސްވެރިންނަށް އިސްކަންދީގެން ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް ފިޝަރީޒް މިނިސްޓްރީން ދަނީ ހިންގަމުންނެވެ.