ޚަބަރު

އެސްޓީއޯއިން ތަރައްޤީކުރާ ހޮޓަލަށް އިތުރު ޕާޓްނަރެއް ހޯދަނީ !


އެސްޓީއޯއިން ހުޅުމާލޭގައި ތަރައްގީކުރަމުންދާ "ރެޑިސަން ބުލޫ" ހޮޓެލް ތަރައްޤީކުރުމަށް އިތުރު ޕާރޓްނަރެއް ކަނޑައެޅުމަށް ވަރަށް އަވަހަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާނެކަމަށް އެސްޓީއޯއިން ބުނެފިއެވެ. އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދް ޝަހީރު ވިދާޅުވީ ހޮޓަލުގެ ތަރައްޤީއަށް އިތުރު ޕާޓްނަރެއް ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ވަރަށް ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތަކުން އެޕްލިކޭޝަންތައް ހުށަހަޅާފައިވާކަމަށެވެ. މި އެޕްލިކޭޝަންތައް ދިރާސާކުރުމުގެ މަސައްކަތްމިހާރު ކުރަމުންދާކަމަށާއި، އެޕްލިކޭޝަންތައް ދިރާސާކޮށް ނިމުނުހާއަވަހަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. 250 ކޮޓަރިއާއި އެކު 500 އެނދުގެ މި ހޮޓާ ނިމުމުން މާލެ ސަރަޙައްދުގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. އެސް.ޓީ.އޯގެ "ރެޑިސަން ބްލޫ" ހޮޓަލް މެނޭޖްކުރާނީ އެމެރިކާގެ ކާލްސަން ގުރޫޕުންނެވެ. އެސްޓިއޯއިން ބުނީ މިހާރު މަސައްކަތްދާގޮތަށް ކުރިޔަށްދާނަމަ ހޮޓަލުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.