ދުނިޔޭގެ ވިޔަފާރި

އިންފްލޭޝަން ކޮންޓްރޯލުކުރުމަށް މެކްސިކޯއިން ބޮޑު ހޭދައެއް!


މެކްސިކޯގައި އިތުރުވަމުންދާ އިންފްލޭޝަން ކޮންޓްރޯލުކުރުމަށް ސަބްސިޑީގެ ގޮތުގައި 28 ބިލިއަން އެމެރިކާ ޑޮލަރު މެކްސިކޯ ސަރުކާރުން ހޭދަކޮށްފައިވާކަމަށް އެ ޤައުމުގެ އޮފިޝަލުން ބުނެފިއެވެ.

އިންފްލޭޝަން ކޮންޓްރޯލްކުރުމަށް މެކްސިކޯއިން ހޭދަކުރި ފައިސާގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ގޭހަށް ސަބްސިޑީ ދިނުމަށްކަމަށް މެކްސިކޯގެ ރައީސް އަންޑްރެސް މެނުއަލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ. އަދޮ އިތުރު 73 ބިލިއަން ޕެސޯ ހޭދަކޮށްފައިވަނީ ޑޮމެސްޓިކް އެނާޖީ ސަބްސިޑީއަށް ކަމަށާއި، އެ ސަބްސިޑީ ސަރުކާރުން އިތުރުކުރީ ރަޝިއާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލިގެން ދިއުމުންނެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަށް ގާތްގަނޑަކަށް 69 ބިލިއަން ޕެސޯ ހޭދަވެފައިވާކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ. އަދި ކޮންމެހެން ބޭނުންވާ ކާބޯތަކެތި ކަމަށްވާ ކާށި، ހަނޑޫ، އަދި ބިހުގެ އުފެއްދުންތައް އިތުރުކުރުމަށާއި މެކްސިކޯއިން މެއިމަހު ރާވާފައިވާގޮތަށް ފާން ފަދަ ތަކެތީގެ އަގު ދެމެހެއްޓުމަށްވެސް މި ފައިސާ ވަނީ ހޭދަކޮށްފައެވެ.

އެ ފިޔަވަޅުތައް އެޅިނަމަވެސް މެކްސިކޯގެ ޖުލައިމަހުގެ ފުރަތަމަ ކުއާޓަރުގައި އިންފްލޭޝަން %8.16 އަށް އަރާފައިވާކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.