ޚަބަރު

ފޭސްބުކުން ކުޑަކުއްޖަކާ ހަޑިކޮށް ވާހަކަދެއްކި މީހާ ހައްޔަރުކޮށްފި


ކުޑަކުދިންގެ ކަރާމާތް ގެއްލޭފަދަ ބޭއަދަބީ ބަހުރުވައިން ފޭސްބުކުން ޗެޓްކޮށް ވާހަކަދައްކާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ ސ. ފޭދޫ، ވިންޑްސްކްރީން، އިސްމާޢީލް މާހިރު (30އ) ހައްޔަރުކޮށްފިއެވެ.އޭނާ ހޯދަން އިޢުލާނުކުރުމާ ގުޅިގެން އެކި ފަރާތްތަކުން ފުލުހުންނަށް ފޯރުކޮށްދިން މަޢުލޫމާތުގެ އަލީގައި އޭނާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ރ. އުނގޫފާރުންކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.އިސްމާޢީލް މާހިރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުދިންގެ ކަރާމާތް ގެއްލޭފަދަ ބޭއަދަބީ ބަހުރުވައިން ފޭސްބުކުން ޗެޓްކޮށް ވާހަކަދައްކާފައިވާ މައްސަލައަކީ އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްކަމަށް ފުލުހުން ވިދާޅުވެއެވެ.