ތަޢުލީމު

ޤައުމީ ޔުނިވާސިޓީއާއި މިއަހަރު އަލަށް 3660 ދަރިވަރުން ގުޅިއްޖެ


މިއަހަރު އަލަށް، ތިންހާސް ފަސް ސަތޭކައަށްވުރެ ގިނަ ދަރިވަރުން، ޤައުމީ ޔުނިވަރސިޓީއާ ގުޅިފައިވާ ކަމަށް އެ ޔުނިވަރސިޓީން ހާމަކުރައްވައިފިއެވެ.އެގޮތުން އެ ޔުނިވަރސިޓީއާއި އަލަށް 3660 ދަރިވަރުން ގުޅިފައިވެއެވެ. މިއާއެކު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިވަގުތު މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންގެ ޢަދަދު މިހާރުވަނީ 9800އަށް އަރާފައެވެ.ޤައުމީ ޔުނިވަރސިޓީގެ ކިޔެވުން މިހާރު ފައްޓަވާފައިވާއިރު، ޔުނިވަރސިޓީގައި ފޯރުކޮށްދެވޭ ތަޢުލީމަކީ ފެންވަރު މަތީ ތަޢުލީމެއް ކަމުގައިވެ، ދަސްވެނިވާ ދަރިވަރުންނަކީ މުޖުތަމަޢަށް ނިކުންނައިރު ލާމަސީލު ސުލޫކެއްގެ ވެރި ބަޔަކަށް ހެދުމަށް މަސައްކަތްކުރުމަށް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ލަޠީފުވަނީ، ގޮވާލައްވާފައެވެ. މާލޭގައި ހިންގަވާ ކެމްޕަސްތަކާއި މަރުކަޒުތަކުގެ އިތުރުން، އަތޮޅު ތެރޭގެ 4 ސަރަޙައްދެއްގައި ޤާއިމް ކުރައްވާފައިވާ ކެމްޕަސްތަކުގައިވެސް މިހާރު ވަނީ ކިޔެވުން ފައްޓަވާފައެވެ.ޔުނިވަރސިޓީން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ސަތޭކަ ފަސްދޮޅަހަށްވުރެ ގިނަ ކޯސް ހިންގެވުމަށް ތާވަލް ކުރައްވާފައިވާ ކަމަށެވެ. މި ސެމިސްޓަރއަށް ދަރިވަރުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވެ ނިންމަންޖެހެއެވެ.