ކުޅިވަރު

ޔޫރޮޕާ ކޮންފަރެންސް ލީގުގެ ކޮލިފައިން ތިންވަނަ ބުރުގެ ޖާގައެއް ބާޒެލްއަށް


ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ކޮލިފައިން ތިންވަނަ ބުރުން ސްވިޓްޒަލަންޑުގެ އެފްސީ ބާޒެލް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ކޮލިފައިން ތިންވަނަ ބުރުން ބާޒެލް ޖާގަ ހޯދީ ދެވަނަ ބުރުގައި އަޔަލަންޑުގެ ކްރުސޭޑާސްއާ ބައްދަލުކޮށް ތިން ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ މެޗު ދެ ލަނޑު ސުން ލަނޑުން ބާޒެލްއިން ކާމިޔާބުކޮށްފައިވަނިކޮށް، ބުރާސްފަތި ދުވަހުގެރޭ ކްރުސޭޑާސްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުނު ދެވަނަ ލެގުގައި ގިނައރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާޒެލްއިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ބާޒެލްއަށް ކާމިޔާބުކޮށްދިނީ، އެގްރިގޭޓް ލީޑު ފުޅާކޮށްދިނީ ލިއާމް މިލާއެވެ. އެކަމަކު މި މެޗުގައި ކްރުސޭޑާސްއިން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ޖަހާދިނީ އެ ޓީމުގެ ކެޕްޓަން ބިލީ ޖޯ ބާންސްއެވެ. މި މެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށްވެސް ވަނީ ލިބިގެން ގޮސްފައެވެ.

ބާޒެލްގެ އިތުރުން މި މުބާރާތުގެ ކޮލިފައިން ތިންވަނަ ބުރުން ސީއެސްކޭއޭ ސޯފިއާ އާއި، އަޕޮއެލް ނިކޯސިއާ އާއި، އިސްތަންބޫލް ބަޝަކްޝެހީރު ފަދަ ޓީމުތަކުންވެސް ވަނީ ޖާގަ ހޯދާފައެވެ.