ކުޅިވަރު

ލެވަންޑޯސްކީގެ ދެ ލަނޑުން ބަޔާން މޮޅު


ލެވަންޑޯސްކީގެ ދެ ލަނޑުން މޮޅުވެ، ބަޔާންމިޔުނިކްގެ ލީޑް އަށް ޕޮއިންޓްގައި ހިފަހައްޓައިފިއެވެ. ޖަރމަން ބުންޑަސްލީގުގައި ރޭ ބަޔާން މެޗު ކާމިޔާބުކުރީ ހޮފެންހެމްއާއި ވާދަކޮށް ދޭއް ސުމަކުންނެވެ. މެޗު ޑޮމިނޭޓްކޮށްގެން އަމިއްލަ ދަނޑުގައި ރަނގަޅަށް ކުޅެމުންދިޔަނަމަވެސް މެޗުގެ ފުރަތަމަ ހާފްގައި ބަޔާންއަށް ގޯލެއް ޖެހިފައެއްނުވެއެވެ. ލެވަންޑޯސްކީ މެޗުގައި ދެ ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. މެޗުގައި ޖެހި ދެ ލަނޑާއެކު މިސީޒަންގެ ހުރިހާ މުބާރާތެއްގައި އޭނާ ޖެހި ލަނޑުގެ އަދަދަކީ 26 އެވެ. މި މޮމޮޅާއެކު ބަޔާންމިޔުނިކް ވަނީ ތާވަލްގެ އެއްވަނައިގައި އަލުން އަށް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.