ދުނިޔޭގެ ވިޔަފާރި

ހަޔުންޑާއީން ފުރަތަމަ ފަހަރަށް ދެކުނު ކޮރެއާގައި އިލެކްޓްރިކް ވެހިކަލް އުފައްދަނީ


ދެކުނު ކޮރެއާގެ އޮޓޮމޭޓިވް ކުންފުނި ހަޔުންޑާއިން އެ ޤައުމުގައި ފުރަތަމަ ފަހަރަށް އިލެކްޓްރިކް ވެހިކަލް އުފައްދަން ނިންމައިފިއެވެ.

ހަޔުންޑާއީ ޔޫނިއަނުން ބުނިގޮތުގައި މި އިލެކްޓްރިކް ވެހިކަލް އުފައްދާ ކާރުޚާނާގެ މަސައްކަތް 2025 ވަނަ އަހަރު އަންނަން ވާއިރަށް ފެށޭ ވަރުވާނެއެވެ.

ކުންފުނިން މިގޮތަށް ނިންމީ މުވައްޒަފުންގެ މުސާރައާއި ބެހޭގޮތުން މަޝްވަރާތައް ކުރިއަށްދިޔަ ބައްދަލުވުމެއްގައިކަމަށް ހަޔުންޑާއީ ޔޫނިއަނުން ނެރުނު ބަޔާނެއްގައިވެއެވެ. ނަމަވެސް މިކަމާއި ބެހޭގޮތުން ހަޔުންޑާއިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ދެކުނު ކޮރެއާގައި އިންވެސްޓުކުރަން ހަޔުންޑާއީން ނިންމިއިރު އިލެކްޓްރިކް ވެހިކަލާއި ބެޓެރީ އުފައްދަން 5.5 ބިލިއަން އެމެރިކާ ޑޮލަރު އެމެރިކާގައި އިވެސްޓުކުރަން ނިންމާފައިވާކަމަށް މިދިޔަ މަހު އެކުންފުނިން ވަނީ އިޢުލާނުކޮށްފައެވެ.

2025 ވަނަ އަހަރު އަންނަންވާއިރަށް 48 ބިލިއަން އެމެރިކާ ޑޮލަރު ދެކުނު ކޮރެއާގައި އިންވެސްޓުކުރުމަށްވެސް ހަޔުންޑާއީއާއި ކިއާ ގްރޫޕުން މިދިޔަ މެއިމަހު ވަނީ އިއުލާނުކޮށްފައެވެ.

ޖޯޖިއާގައި ހުންނަ ހަޔުންޑާއީގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ކާރުޚާނާގެ މަސައްކަތް 2025 ވަނަ އަހަރު ކުރީކޮޅު ފެށުމަށް ވަނީ ނިންމާފައެވެ. މުސާރަ އިތުރުކުރުމަށް ހަތަރު އަހަރު ފަހުން ފުރަތަމަ ފަހަރަށް ކުރާ ހަޅުތާލެއް ކުރުމަށް ހަޔުންޑާއީގެ ޔޫނިއަން މަސައްކަތު މީހުން ވަނީ ވޯޓު ދީފައެވެ.