ޚަބަރު

ފޭސްބުކްއިން ކުޑަކުއްޖަކާ ހަޑިކޮށް ވާހަކަދެއްކި މީހަކު ހޯދަނީ


ފޭސްބުކްގައި ބޭއަދަބީ ބަހުރުވައިން ކުޑަކުއްޖަކާ ވާހަކަދެއްކި މީހަކު ހޯދަން ފުލުހުން އިޢުލާންކޮށްފިއެވެ. ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ހޯދައި ނުފެނިގެން އިޢުލާންކޮށްފައިވަނީ ސ.ފޭދޫ، ވިންޑްސްކްރީން، އިސްމާއިލް މާހިރު (30އ)އެވެ. ފުލުހުން ވިދާޅުވީ އޭނާ ހޯދަނީ ފުލުހުން ތަޙުޤީޤު ކުރަމުންދާ ކުޑަކުދީންގެ ކަރާމާތް ގެއްލޭފަދަ ބޭއަދަބީ ބަހުރުވައިން ފޭސްބުކުން ޗެޓްކޮށް ވާހަކަ ދައްކާފައިވާ މައްސަލައެއްގެ ތަޙުޤީޤަށްކަމަށެވެ. ވީމާ، އިސްމާޢީލް މާހިރުއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މަޢުލޫމާތެއް އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9796549 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގެންނަވައެވެ.