ވިޔަފާރި

ދިރާގަށް ސާފު ފައިދާގެ ގޮތުގައި 162 މިލިއަން ރުފިޔާ !


މިދިޔަ
އަހަރުގެ ފަހު ކުއާޓާރ ނުވަތަ ފަހު ތިން މަސްދުވަހު ދިރާގަށް ސާފު ފައިދާގެ ގޮތުގައި 162 މިލިއަން
ރުފިޔާ ލިބިއްޖެއެވެ.



ދިރާގުން
އާއްމުކޮށްފައިވާ 2015 ވަނަ އަހަރުގެ 4 ވަނަ ކުއާޓާގެ މާލީ ހިސާބުތައް
ދައްކާގޮތުން އެ ކުއާޓާގައި ލިބުނު ފައިދާއަކީ 2015 އަހަރުގެ ތިންވަނަ
ކުއާޓާގައި ލިބުނު ފައިދާގެ އަދަދު ކަމުގައިވާ 194 މިލިއަން އާއި އަޅާބަލާއިރު 16
އިންސައްތަ ދަށް އަދަދެކެވެ.



ދިރާގަށް
މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ލިބުނު ފައިދާގެ އަދަދު ދަށްވެފައި ވީނަމަވެސް
އެ ކުއާޓާގައި އެކުންފުންޏަށް ލިބުނު އާމްދަނީ ވަނީ އެ އަހަރުގެ ތިންވަނަ ކުއާޓަރާއި އަޅާބަލާއިރު 9 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު
ކުއާޓާރގައި އެކުންފުންޔަށް ވަނީ 601 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.



ދިރާގުން
ބުނީ މިދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހު ލިބުނު ފައިދާގެ އަދަދު
ދަށްވެފައިވަނީ ކުންފުނި ހިންގުމުގެ ޙަރަދު އެކުއާޓާރގައި އިތުރުވުމާއި ގުޅިގެންނެވެ.
އެގޮތުން އެ ކުއާޓާރގައި އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލް ރީ-ލޮކޭޓްކުރުމުގެ
މަސައްކަތްތައް ބޮޑު ޙަރަދެއް ހިނގިކަން ދިރާގުން ފާހަގަކުރެއެވެ.



 ހަތަރު ވަނަ ކުއާޓާގައި
ލިބުނު ފައިދާއާއި އެކު އެ ދިރާގަގެ ހިއްސާއަކަށް ޖެހެނީ 2 ރުފިޔާ 14 ލާރިއެވެ.