ދުނިޔެ

ކުއްލި ޙާލަތު އިތުރުކުރުމާ ދެކޮޅަށް ފްރާންސްގައި މުޒާހަރާކޮށްފި


މިދިޔަ ނޮވެމްބަރު މަހު ފަރަންސޭސިވިލާތުގެ ޕެރިހުގައި ދިން ޙަމަލާއަށް ފަހު އެޤައުމުގައި އިޢުލާނުކޮށްފައިވާ ކުއްލި ޙާލަތުގެ މުއްދަތު އިތުރުކުރުމަށް ފަރަންސޭސި ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް އެޤައުމުގައި މުޒާހަރާކޮށްފިއެވެ.ޕެރިހުގައި ކުރިއަށް ދިޔަ މި މުޒާހަރާތަކުގައި އެތަށް ހާސް ބަޔަކު ބައިވެރިވެފައިވެއެވެ.ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ޕެރިހުގައި ދިން ހަމަލާތަކަށް ފަހު އިޢުލާނުކުރި ކުއްލި ޙާލަތުގެ މުއްދަތު ތިން މަސް ދުވަހަށް މީގެ ކުރިން ވަނީ އިތުރުކޮށްފައެވެ. އަދި އަންނަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުއްލި ޙާލަތުގެ މުއްދަތު އަލުން އިތުރުކުރާނެ ކަން ވެސް ފަރަންސޭސި ސަރުކާރުން ދާދި ފަހުން ވަނީ އިޢުލާނުކޮށްފައެވެ. މިކަމާ ދެކޮޅަށް މުޒާހަރާ ކުރި ފަރާތްތަކުން ބުނެފައިވަނީ ފަރަންސޭސިވިލާތުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މައްސަލައަށް އޮތް ހައްލަކީ ކުއްލި ޙާލަތުގެ މުއްދަތު އިތުރުކުރުން ނޫން ކަމަށެވެ. ކުއްލި ޙާލަތުގެ މުއްދަތުގައި ޢާއްމު ފަރުދުންގެ ގެތަކާ މުދާ ފާސްކުރުމުގައި ފުލުހުންނަށް އިތުރު ބާރުތައް ލިބިގެންދެއެވެ.