ޚަބަރު

ބަންސާލީގެ "ހީރާމަންޑީ" އަށް މުމްތާޒު


ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފުރަތަމަ ވެބްސީރީޒް "ހީރާމަންޑީ" ގެ ކާސްޓްގައި އިންޑީއާގެ ލެޖެންޑްރީ އެކްޓްރެސް މުމްތާޒްވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

"ހީރާމަންޑީ" ގެ ކާސްޓުގައި ހިމެނުމަށް ބަންސާލީ ވަނީ މީގެކުރިންވެސް މުމްތާޒަށް ހުށަހަޅާފައެވެ. ނަމަވެސް އެ ރޯލު މާކުޑަކަމަށް ބުނެ މުމްތާޒު އޭރު ވަނީ އެ ރޯލު ދޫކޮށްލާފައެވެ. ފަހުން މުމްތާޒުގެ ރޯލަށް ބަދަލު ގެނެސް އަނެއްކާވެސް ހުށަހެޅުމުން އޭނާ ވަނީ އެ ރޯލު ކުޅެން އެއްބަސްވެފައެވެ.

ބަންސާލީ ފަދަ ވަރުގަދަ ޑައިރެކްޓަރަކާއިއެކު މުމްތާޒް އަލުން ސްކްރީނަށް އައުން ވާނީ ވަރަށް ތާރީޚީ ކަމަކަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ނެޓްފްލިކްސްއާއި ގުޅިގެން އުފައްދާ މި ސީރިޒްގެ ކާސްޓާއި ކުރީގެ މަޝްހޫރު ތަރި ޖޫހީ ޗަވްލާވެސް ވަނީ މިދިޔަ އަހަރު ގުޅިފައެވެ.

2 ސީޒަނަކަށް ހަދާ "ހީރާމަންޑީ" ގެ ފުރަތަމަ ސީޒަން 7 އެޕިސޯޑާ އެކު ހަދާ އިރު، ފުރަތަމަ އެޕިސޯޑް ޑައިރެކްޓްކުރަނީ ބަންސާލީއެވެ. ބާކީ ހުރި ބައިތައް ޑައިރެކްޓްކުރަނީ ބަންސާލީ 2015 ގައި ޕްރޮޑިއުސްކުރި ފިލްމު "ހަވާއީޒާދާ" ގެ ޑައިރެކްޓަރު ވިބޫ ޕޫރީއެވެ. ދެވަނަ ސީޒަނުގައި ވެސް ހިމެނޭނީ 7 އެޕިސޯޑެވެ.

އިންޑިއާއަށް މިނިވަންކަން ލިބުމުގެ ކުރީން އިންޑިއާގައި އޮތް ސަރަޙައްދެއްކަމަށްވާ "ހީރާމަންޑީ" ގެ ޙަޤީޤަތާއި ފޮރުވިފައިވާ ސަޤާފަތް ދައްކުވައިދޭ މި ސީރީޒްގައި ބޮޑު ކާސްޓެއްވެސް ހިމެނެއެވެ. ނަމަވެސް މީގައި ހިމެނޭ ތަރިން ބަންސާލީގެ ޓީމުން އަދިވެސް ކަށަވަރެއް ނުކޮށްދެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސޮނާކްޝީ ސިންހާ އާއި، ގުމޭ ގްރޭޝީއާ އެކު މީގެ ޚާއްސަ ފެނިލުންތަކުން ގިނަ ތަރިންތަކެއް ފެނިގެން ދާނެއެވެ. އޭގެ ތެރޭގައި ރޭކާ، މަދޫރީ ޑިކްސިޓް، މަނީޝާ ކޮއިރަލާ، އާލިއާ ބަޓް އަދި ސަންޖީދާ ޝައިހް ހިމެނެއެވެ.