ދުނިޔެ

ލީބިޔާއަށް އަތްގަދަ ކުރުމަށް އައި.އެސް އިން މަސައްކަތްކުރަނީ


ލީބިޔާގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާއި ދާޚިލީ ހަމަނުޖެހުންތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާ އައި.އެސް ޖަމާޢަތުން މަސައްކަތް ކުރަނީ، އެޤައުމުގެ ސަރަޙައްދުތަކަށް އަތްގަދަކުރުމަށް ކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ.ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވައިޓްހައުސްގެ ތަރުޖަމާނު ޖޯޝް އާރނެސްޓް ވިދާޅުވީ، ލީބިޔާގައި މަސްރަޙު މިހާރު އޮތް ނާޒުކު ފައްތަރާ މެދު އެމެރިކާއިން ކަންބޮޑުވާ ކަމަށާ މިޙާލަތުގެ ނާޖާއިޒު ފައިދާ ނެގުމަށް އައި.އެސް ޖަމާޢަތުން ތައްޔާރުވަމުންދާ ކަމަށެވެ. އާރނެސްޓް ވިދާޅުވީ، ލިބީޔާގައި އައި.އެސް ޖަމާޢަތުގެ ބާރު ގަދަކުރުމަށް ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމުގެ ގޮތުން އެޤައުމުގެ މައްސަލައަށް ސިޔާސީ ޙައްލެއް ހޯދައިދިނުމަށް އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށެވެ.އޭނާ ވިދާޅުވީ، އައި.އެސްއާ ކުރިމަތިލުމަށް އެމެރިކާއިން ފަސް ނުޖެހޭނެ ކަމަށާ މިކަމުގައި ފިޔަވަޅު އެޅުމަށް އެމެރިކާއިން އަބަދު ވެސް އޮންނާނީ ތައްޔާރަށް ކަމަށެވެ.