ދުނިޔެ

އިނގިރޭސިވިލާތާއި އީޔޫގެ މަޝްވަރާތަކަށް ކުރިއެރުންތަކެއް !


ވިލާތުގެ އިއްތިހާދުގެ މެމްބަރު ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތު ދެމިއޮތުމާ ބެހޭ ގޮތުން ކުރިއަށް ގެންދާ މަޝްވަރާ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާ އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވެއްޖެއެވެ.ބެލްޖިއަމްގެ ބްރަސަލްސްގައި ވިލާތުގެ އިއްތިހާދުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވީ، ވިލާތުގެ އިއްތިހާދުން މިހާތަނަށް ހުށަހަޅާފައިވާ ކަންކަމަކީ އިނގިރޭސިވިލާތުން ބަލައިގަންނަން ތައްޔާރު ކަންކަން ނޫން ކަމަށާ މިމައްސަލައިގައި އެއްބަސްވުމެއް ޤާއިމުކުރަން ބޭނުންނަމަ ވިލާތުގެ އިއްތިހާދުގެ ހުށަހެޅުން މިހާރަށް ވުރެ މުއްސަނދި ކުރަން ޖެހޭ ކަމަށެވެ. އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުން ދަނީ މިކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވަމުންނެވެ. މި ގޮތުން، މި ވާހަކަތަކުގައި ގިނަ ދާއިރާތަކަކާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށް ޚަަބަރު ލިބެއެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން ދަނީ ވިލާތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތުމާ ބެހޭ ގޮތުން އަންނަ އަހަރު އެގައުމުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ތައްޔާރުވަމުންނެވެ.