ޚަބަރު

މާލޭގެ އެކި ސަރަހައްދުތަކުގައި ޑޯގު ސްކޮޑާއިއެކު ޚާއްސަ ތަމްރީނެއް


މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ އޮޕަރޭޝަންތަކުގައި ގެންގުޅޭ ޑޯގު ސްކޮޑާއެކު މިއަދު ޚާއްސަ ތަމްރީނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

ފުލުހުންގެ އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރުމުގެ ހުއްދަދީފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. އޭގެ ފަހުން މަސްތުވާތަކެތީގެ ތަފާތުއެކި އޮޕަރޭޝަންތަކުގައި ފުލުހުންވަނީ ޑޯގު ސްކޮޑާއެކު ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައެެވެ.

މިއަދު މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ މިތަމްރީނަކީ މާލޭގެ އެކި ސަރަހައްދުތަކުގައި ޑޯގު ސްކޮޑާއިއެކު ފުލުހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނެއްކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ފުލުހުން ދޭތެރެ ދޭތެރެއިން އަންނަނީ ޑޯގް ސްކޮޑާއެކު އޮޕަރޭޝަންތައް ހިންގަމުންނެވެ. ކުއްތާ ބޭނުންކޮށްގެން މީގެކުރިން ކުރިއަށްގެންދިޔަ ބައެއް އޮޕަރޭޝަންތަކުގައިވެސް ފުލުހުން ވަނީ މަސްތުވާތަކެތި އަތުލައިގަނެފައެވެ.