ކުޅިވަރު

ވިމްބަލްޑަންގެ ކުއާޓާ ފައިނަލުން ކިރްގިއޯސް ޖާގަ ހޯދައިފި


ވިމްބަލްޑަން ޓެނިސް މުބާރާތުގެ ކްއާޓަރ ފައިނަލުން އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް ޖާގަހޯދައިފިއެވެ.

މިއީ ވޭތިވެދިޔަ ހަތް އަހަރުގެ ތެރޭގައި ބޮޑު މުބާރާތެއްގެ ކްއާޓަރ ފައިނަލުން ކިރްގިއޯސް ޖާގަހޯދި ފުރަތަމަ ފަހަރެވެ.

މިމުބާރާތުގެ ކްއާޓަރ ފައިނަލުން ކިރްގިއޯސް ޖާގަހޯދީ އެމެރިކާގެ ބްރެންޑަން ނަކަޝީމާ އާއި ބައްދަލުކުރިމެޗް ތިން ސެޓް ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ހަތަރެއް ހައެއް، ހައެއް ހަތަރެއް، ހަތެއް ހައެއް، ތިނެއް ހައެއް އަދި ހައެއް ދެއަކުންނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ކިރްގިއޯސް ހާމަކުރިގޮތުގައި އޭނާ ކްއާޓަރ ފައިނަލަށް ދިއުމުން ވަރަށް ގިނަ މީހުން ހިތްހަމަ ނުޖެހޭނެކަމަށާއި ނަމަވެސް މިހާހިސާބަށް ދެވުމުން ވަރަށް ހިތްހަމަ ނުޖެހޭކަމަށެވެ.

މިމުބާރާތުގެ ކްއާޓަރ ފައިނަލްގައި ކިރްގިއޯސް ބައްދަލުކުރާނީ ޗިލީގެ ކްރިސްޓިއަން ގަރިންއާއެވެ. ގަރިން ކްއާޓަރ ފައިނަލުން ޖާގަހޯދީ 19 ވަނައަށް ސީޑް ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނައުރު އާއި ބައްދަލުކުރިމެޗް ފަހަތުން އަރާ ތިން ސެތް ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ދެއެއް ހައެއް، ފަހެއް ހަތެއް، ހަތެއް ހައެއް، ހައެއް ހަތަރެއް އަދި ހަތެއް ހަޔަކުންނެވެ.

މިމުބާރާތުގެ ކްއާޓަރ ފައިނަލުން ރަފައެލް ނަޑާލްވެސްވަނީ ޖާގަހޯދާފައެވެ. އޭނާ ކްއާޓަރ ފައިނަލުން ޖާގަހޯދީ ބޮޓިކް ވެންޑި ޒެންޑްޝްލުޕް އާއި ބައްދަލުކުރިމެޗް ސީދާ ތިންސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހަތެއް ހަތަރެއް، ހައެއް ދެއެއް އަދި ހަތެއް ހަޔަކުންނެވެ.