ޚަބަރު

ދުންއެރީ ކަރަންޓްގެ މައްސަލައެއް ދިމާވެގެން- މަޖިލިސް


ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި
މިއަދުގެ ހަވީރުގެ ފަސް ވަގުތެއްގައި ހިނގި ހާދިސާއަކީ ކަރަންޓުގެ މައްސަލައެއް ދިމާވެގެން
ހިނގި ހާދިސާއެއްކަމަށް ރައްޔިތުންގެ
މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެ.



ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ
ތެރެއިން ދުން އެރުމުގެ ހާދިސާއާ ގުޅިގެން އެއިދާރާއިން ނެރުނު ބަޔާނުގައިވަނީ މި ހާދިސާގައި ޑަކްޓެއްގެ ތެރޭގައި
ހުރި ހޮޅިއާއި ނަރުތައް ވަނީ އަނދާފައިކަމަށެވެ. އަދި މިހާދިސާގައި ޑަކްޓް
ފިޔަވައި އެހެން އެއްވެސް ދިމާލަކަށް އަސަރެއް ކޮށްފައެއް ނުވާކަމަށްވެސް
މަޖިލީހުގެ އިދާރާގެ ބަޔާނުގައިވެއެވެ.



އެމްއެންޑީއެފުންވެސް ވިދާޅުވެފައިވަނީ މަޖިލިސްކުރާ ގެއިން ދުންއަރަން މެދުވެރިވީ ކަރަންޓް ސޯޓެއްގެ ސަބަބުންކަމަށް
ބެލެވޭކަމަށެވެ.



މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހޯދުމަށް ފުލުހުންނާއި
އެމްއެންޑީއެފުން މިހާރު ދަނީ މަސައްކަތްކުރަށްވަމުންނެވެ.