ޚަބަރު

ކާރެއް ކޮންޓްރޯލް ނުވެގެން ނުރައްކާތެރި އެކްސިޑެންޓެއް


ބޮޑުތަކުރުފާނު މަގުން ބަހަކާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 4 މީހަކު ޒަހަމްވެއްޖެއެވެ.

މާލޭގެ އެކުވެނި ޓްރެކް ސަރަހައްދާއި ކައިރިން ބޮޑުތަކުރުފާނު މަގުން މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު އިރުއޮއްސެނިކޮށެވެ. މި އެކްސިޑެންޓުގައި ބަހަށާއި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެކްސިޑެންޓުގައި ޒަހަމްވި 4 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެމްޓީސީސީގެ ބަހުގެ ޖެހިފައި ވަނީ ޕްރައިވެޓް ކާރެކެވެ. ކާރު އެއްކޮށް ފުނޑުފުނޑުވެފައިވާއިރު، ބަހުގެ ކުރީކޮޅުވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ކާރު އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައިކަމަށެވެ.

އިތުރު ތަފްސީލް އަންނަނީ..