ޚަބަރު

ތިނަދޫއިން ކަރަންޓް ކެނޑުން: ރައްޔިތުންނަށް ތަކުލީފެއް !


ތިނަދޫން މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރު ކަރަންޓްގެ ޚިދުމްތް ކެނޑުމާއެކު ގޭގެއިން އިވެން ފެށީ ކުޑަކުދިންގެ ރުއިމުގެ އަޑެވެ. މިހާތަނަށް ކަރަންޓާއި ނުލައި ދެރޭ ފާއިތުވެފައިވާއިރު، ގިނަ ބެލެނިވެރިން ތިބީ ދަރިން ތަހައްމަލްކުރާ އުނދަގޫތަކާއި، ހެދި ކަންބޮޑުވެފައެވެ. ހަމައެހެންމެ ކަރަންޓް ނެތުމުން ކުދިން ކުރާ ސްވާލުތަކަށް ދޭނެ ޖަވާބެއް ނުލިބިފައެވެ. ޕީ.އެސް.އެމް ނިއުސްއާ ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނީ، ދަރިންގެ ކެއުމާއި، ނިދުމާއި، އެކުދިންގެ ކިޔެވުން ފަދަ ކަންކަމުގައި މީގެ ކުރީން ކަރަންޓަށް ވަރަށް ބޮޑަށް ބަރޯސާވެގެންކަމަށާއި، ކުއްލިއަކަށް ކަރަންޓާއި ނުލާއި އެކަންކަން ކުރަން ޖެހުމުން އެފަރާތްތަކަށް ވަރަށް ދަތި އުންދަގޫތަކަކާއި ކުރިމަތިވެފައިވާކަމަށެވެ. އަޅުގަނޑުމެން ތިނަދޫގެ ގެތަކަސް ރެއާއި މިއަދު ދިޔަދިޔުމުން އެފަރާތްތަކުން ކަރަންޓާނުލައި ދަރިންގެ ކެއުމާއި ނިދުމާއި ފެންވެރުންފަދަ ކަންކަން ކުރިއަށްދާގޮތް ފެނިގެންދިޔައެވެ. ކުރިއާއި ޚިލާފަށް ދަރިން ފެންވެރުވުމުގެ ކަންކަމާއި، އެއްޗެހި ދޮވުމުގެ ކަންކަން މީގެ ތިރީސް އަހަރު ކުރީން އެރަށުމީހުން ކުރަމުން އައިގޮތަށް މިހާރުވަނީ އެކަންކަން ކުރަން ޖެހިފައެވެ. ކަރަންޓާއި ނުލައި ކުޑަކުދިންނަށްވަނީ ވަރަށް ތަފާތު އިހްސާސްތަކެކެވެ. އެކުދިން ކަރަންޓް ނެތުމުން ރޭގަނޑާއި ދުވާލު ހޭދަކުރާގޮތް އެކުދިން ބުނެދެނީ ވަރަށް މާޔޫސްކަމާއެކުއެވެ.ކަރަންޓްގެ ޚިދުމަތް ނުލިބޭތީ ދުވާލުގެ ގިނަ ވަގުތުތަކުގައި ކުޑަކުދިންގ ގޮވައިގެން އެކުދިންގެ މަންމައިން ތިބެނީ މަގުތަކަށް ނުކުމެ ހިޔާލިބޭ ތަންތަނުގައެވެ.