ޚަބަރު

އިސްލާމިކް ސްޓޫޑިއޯ އިފްތިތާޙްކޮށްފި


ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް އުފެއްދި އިސްލާމިކް ސްޓޫޑިއޯ އިފްތިތާޙްކުރައްވައިފިއެވެ.އިސްލާމިކް ސްޓޫޑިއޯ އިފްތިތާޙްކޮށްދެއްވީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އިސްލާމިކް ސްޓޫޑިއޯގެ ޕްރޮގްރާމްތައް ރާއްޖޭގެ މީޑިއާތަކުން ދެއްކޭނެ އިންތިޒާމް ހަމަޖައްސާނެކަމަށެވެ. އަދި އެ މިނިސްޓްރީގެ ހުރިހާ މީޑިއާއެއް ބެލެހެއްޓުމާއި، ދަރުސްތަކާއި އެހެނިހެން އިވެންޓުތައް ކަވަރުކޮށް ބެލެހެއްޓުމަކީވެސް ސްޓޫޑިއޯގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަންކަމެއްކަމަށެވެ.މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑޮކްޓަރ އަޙުމަދު ޒިޔާދު ދެއްކެވި ވާހަކަފުޅުގައި އިސްލާމީ ސްޓޫޑިއޯގެ މުހިއްމުކަމާއި އެކަމުން އިސްލާމްދީނަށާއި ދިވެހި މުޖުތަމަޢަށް ލިބިގެންދާނެ ފައިދާގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބްގެ ވާހަކައިގައި އިސްލާމީ ސްޓޫޑިޔޯއިން އިސްލާމްދީނުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރެވިދާކަމުގައި ވިދާޅުވިއެވެ.އިސްލާމިކް ސްޓޫޑިއޯއަކީ ޒަކާތު ފަންޑުން ޚަރަދުކުރައްވައިގެން އުފެއްދެއްވި ސްޓޫޑިއޯއެކެވެ.