ޚަބަރު

ހިޔާ ފްލެޓްތަކުގެ އެތެރެއަށް ފެން ވަންނަ މައްސަލަ ހައްލުކުރަން ފަށައިފި


ހިޔާ ފްލެޓްތަކުގެ ކުޑަދޮރުން ފްލެޓްތެރެއަށް ފެން ވަނުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ.

އެޗްޑީސީން ބުނީ ފެން ވަނުމުގެ މައްސަލައަށް ހައްލު ގެނައުމަށް ބޭނުންވާ ތަކެތި ލިބުމާއި ގުޅިގެން ޝަކުވާ ހުށައަޅާފައިވާ ތަރުތީބުން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެޗްޑީސީން ބުނީ މިއަދުން ފެށިގެން މައްސަލަ ހުށައަޅާފައިވާ ފަރާތްތަކާއި އެޗްޑީސީން ގުޅަމުންދާނެކަމަށެވެ. އެހެންކަމުން ފްލެޓް މަރާމާތުކުރުމަށް ތާވަލުކުރުމުން ފްލެޓަށް ވަދެވޭނެހެން އިންތިޒާމް ހަމަޖައްސައިދިނުމަށް އެދޭކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި އެހެންދުވަސްތަކުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 6:00އަށް ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުން ފްލެޓްތެރެއަށް ފެން ވަނުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއްމުންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުމަކީ އެޗްޑީސީން ޚާއްޞަ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެކެވެ.