ޚަބަރު

ތިލަފުށި ކޯޕަރޭޝަނުން އެމްއެންޑީއެފަށް ފަޔަރ ވެހިކަލެއް


ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ތިލަފުށްޓަށީގައި ބޭނުންކުރުމަށްޓަކައި އެމްއެންޑީއެފަށް ފަޔަރ ވެހިކަލްއެއް ހަދިޔާކޮށްފިއެވެ. މިކަމަށްޓަކައި ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތިލަފުށީ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ނާސިފް ވިދާޅުވީ ތިލަފުށީގައި ފުރަތަމަ ފެށުނު މަސައްކަތަކީ ކުނި މެނޭޖްކުރުން ކަމުގައިވީ ނަމަވެސް މިހާރު ތިލަފުއްޓަކީ ސިނާއީ އެކިއެކި ޕްރޮޖެކްޓްތައް ހިނގަމުންދާ ރަށެއް ކަމަށެވެ. ހަމައެހެންމެ ސަރުކާރުން ތިލަފުށީގައި އެތައް ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް ނާސިފް ވިދާޅުވިއެވެ.މިރަސްމިއްޔާރުގައި ވާހަކަދައްކަވަމުން ކާރނަލް މުޙައްމަދު މުޚުތާރު ވިދާޅުވީ ސީއެސްއާރގެ ދަށުން ހުރިހާ މުއައްސަސާތަކަކުންވެސް އެހެން މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން މުހިންމު ކަމަށެވެ. އެގޮތުން ހަދިޔާކުރާ ތަކެތީގެ ސަބަބުން އެ މުއައްސަސާއެއްގެ މަސައްކަތްތަކަށް ފަސޭހަތަކެއް ވެގެން ދާނެ ކަމަށެވެ.ތިލަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަޔަރ ވެހިކަލްގެ ތަޅުދަނޑި އެމްއެންޑީއެފާ ޙަވާލުކޮށްދެއްވީ ތިލަފުށީ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނާސިފްއެވެ. އެމްއެންޑީއެފްގެ ފަރާތުން އެ ތަޅުދަނޑިއާއީ ޙަވާލުވެ ވަޑައިގަތީ ފަޔަރ އެންޑް ރެސްކިއުގެ ކޮމާންޑަރ ކާނަލް މުޙައްމަދު މުޚުތާރެވެ.