ކުޅިވަރު

ޗެލްސީ އަދި ވެސްޓް ބްރޮމް ޖޫރިމަނާކޮށްފި


ޕްރިމިއަރ ލީގްގެ ޗެލްސީ އަދި ވެސްޓް ބްރޮމް އިނގިރޭސި އެފްއޭއިން ޖޫރިމަނާކޮށްފިއެވެ. މި ދެ ކްލަބް ޖޫރިމަނާކޮށްފައިމިވަނީ މި މަހުގެ ސާދަވަނަ ދުވަހު ޗެލްސީ އަދި ވެސްޓް ބްރޮމް ދޭއް ދޭކުން އެއްވަރުވި މެޗުގައި ދެޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުރިމަތިލުންތަކަށް ބަލާފައއެވެ. އަދި ދެ ޓީމްގެ ކުޅުންތެރިންވެސް އެންމެ އެކަށީގެންވާ ވަރަށް ޗެލްސީ އަދި ވެސްޓްބްރޮމްއަށްވެސް ކޮންޓްރޯލް ނުކުރެވޭކަމަށް ބުނެއެވެ. މިގޮތުން ޗެލްސީ ފަސްދޮޅަސް ފަސް ހާސް ޕައުންޑުން ޖޫރިމަނާކުރިއިރު، ވެސްޓް ބްރޮމް ޖޫރިމަނާ ކޮށްފައިވަނީ ތިރީސް ފަސް ހާސް ޕައުންޑުންނެވެ. ޗެލްސީ އަދި ވެސްޓްބްރޮމްގެ ދޭއް ދޭކުން އެއްވަރުވި މެޗުގައި ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އަދި ވެސްޓް ބްރޮމްގެ މިޑްފިލްޑަރ ކްލޯޑިއޯ ޔަކޮބްއާއި ދެމެދުވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. އަދި ބަހުގެ ހަމަލާތަކެއްވެސްވަނީ ހިނގާފައެވެ. އަދި މެޗުގެ އެކި ހިސާބުތަކުގައި ދެ ޓީމުގެ ގިނަ ކުޅުންތެރިން އެކަކު އަނެކަކާ ބަހުގެ ހަމަލާތަކެއް ރައްދުކޮށް ކުރިމަތިލުން ހިނގާފައިވާކަމަށް އިނގިރޭސި އެފްއޭއިން ނެރުނު ބަޔާނުގައިވެއެވެ.