ކުޅިވަރު

"ފައިގަތަޅާ ފޯރި" 38 ޓީމާއެކު ފަށައިފި


ސްޕޯޓްސް ކޯޕަރޭޝަނާއި ޔުނިކް ސްޕޯޓްސް ގުޅިގެން ބާއްވާ ފައިގަތަޅާ މުބާރާތް 38 ޓީމާއެކު ފަށައިފިއެވެ.

"ފައިގަތަޅާ ފޯރި" ނަމުގައި މި މުބާރާތް ކުރިއަށްދާއިރު، އަންހެން 18 ޓީމާއި ފިރިހެން 20 ޓީމު ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ކުޅުން ފަށާފައިވަނީ ބުދަ ދުވަހުގެ ހަވީރެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ސޮނީ ސްޕޯޓްސްއިން ދޭ ގިފްޓް ވައުޗަރެއް ލިބޭނެއެވެ.

އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ މެޗުތައް ކުޅެމުން އަންނަނީ ހުޅުމާލެ ފޭސް ދޭއްގައެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އެހީތެރިކަމާއެކުގައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 81 މެޗު ކުޅެވިގެންދާނެއެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ހަވީރު 4-6 ށް އަދި ރޭގަނޑު 8-11 އަށެވެ.