ޚަބަރު

މޯލްޑިވިއަނުން ތިނަދުއަށް ފެން ފޯރުކޮށްދެނީ


މޯލްޑިވިއަންގެ ފްލައިޓްތައް މެދުވެރިކޮށް ތިނަދޫއަށް 1.5 ޓަނުގެ ފެން ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކުރައްވަފިއެވެ.އެކުންފުނިން ވިދާޅުވީ މިރޭގެ ވަގުތެއްގައި ފެނުގެ އެއް ޝިޕްމެންޓް ފޮނުވާލާނެކަމަށާއި، މަދާމާ ތިނަދޫއަށް ދަތުރުކުރާ 2 ފްލައިޓަކުން ބާކީ ހުރި ޝިޕްމެންޓްތައް ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.ތިނަދޫގެ އިންޖީނުގެ ރޯވެ އެއްކޮށް އަނދާ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެދެއްވުމުގެ ގޮތުން އައިލޭންޑް އެވިއޭޝަނުން އިތުރު ބައެއް ކަންކަން ކުރުމަށްވެސް އެކުންފުނިން ވަނީ ނިންމަވާފައެވެ. މިގޮތުން މޯލްޑިވިއަން ޕްލައިޓްތަކުގެ ކާރގޯ ސްޕޭސް މެދުވެރިކޮށް ކުރިޔަށް އޮތް 5 ދުވަހު ތިނަދޫއަށް ހިލޭ ތަކެތި ފޮނުވޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މިތަކެތި ފޮނުވޭނީ ޑިޒާރސްޓާރ މެނޭޖްމަންޓް މެރުވެރިކޮށްކަމަށް އައިލޭންޑް އެވިއޭޝަނުން ވިދާޅުވެއެވެ.މީގެއިތުރުން ކުރިޔަށް އޮތް 3 ދުވަހު ތިނަދޫއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަންގެ އެންމެ އަގު ހެޔޮ ފެއަރއިން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށްވެސް އައިލޭންޑް އޭވިއޭޝަނުން ވިދާޅުވެއެވެ. އަދި ތިނަދޫއަށް ދާން ބޭނުންވާ ފަރާތަކުން މޯލްޑިވިއަންގެ ރިޒަވޭޝަން ނަމްބަރާއި ގުޅުމުން އެކަން ހަމަޖެހިގެންދާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.